Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނުގެ ބަތަލާ ހުމައިރާގެ ހަށިގަނޑު ފެނުނީ މަރުވިތާ 9 މަސް ފަހުން

ޕާކިސްތާނުގެ ބަތަލާ ހުމައިރާގެ ހަށިގަނޑު ފެނުނީ މަރުވިތާ 9 މަސް ފަހުން

އައިޝަތު ރުވާ ރިފްޢަތު
411 ދުވަސް ކުރިން - 14 ޖުލައި 2025 09:54
ޕާކިސްތާނުގެ ބަތަލާ ހުމައިރާ އަސްގަރު
ޕާކިސްތާނުގެ ބަތަލާ ހުމައިރާ އަސްގަރު
ޚުލާސާ

ހުމައިރާގެ އާއިލާއިން ވަނީ އޭނާގެ މަރުވެފައިވާ ހަށިގަނޑު ބަލައިގަތުމަށް ދެކޮޅު ހަދާފައި އޭނާއާއި އެއްވެސް ގުޅުމެއް ނޯންނެ ކަމަށް ބުނެފައި.

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހުމައިރާ އަސްގަރުގެ މަރުގެ ހާދިސާއާ ގުޅޭގޮތުން އެންމެ ފަހުން ދެކެެވިފައި ވަނީ އޭނާ މަރުވެފައި ވަނީ މީގެ ގިނަ މަސްތަކެއް ކުރިން ކަމެވެ. މިގޮތުން، ޕާކިސްތާނުގެ ކަރާޗީ ސިޓީގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން މިދިޔަ ހަފްތާގައި ހުމައިރާގެ ހަށިގަނޑު ފެނުނު ނަމަވެސް، ހަގީގަތުގައި އޭނާ މަރުވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަން މިހާރު ވަނީ އެނގިފައެވެ.

ރިޕޯޓެއްގައިވާ ގޮތުން ހުމައިރާ މަރުވެފައި ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި މައުލޫމާތު ކަށަވަރުކޮށްދެއްވީ ހުމައިރާގެ އޮޓޮޕްސީ ހެދި ކަރާޗީ ޕޮލިސް ސާޖަން ޑރ ސުމްމައްޔާ ސައީދުއެވެ.

ފުލުހުން ބުނީ، ހުމައިރާ އެންމެ ފަހުން އަވަށްޓެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގައިކަމަށެވެ.

Advertisement

Advertisement 1

ފުލުހުން އިތުރަށް ބުނީ ހުމައިރާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓް ހުރި ފަންގިފިލާގައި ހުރި ހަމައެކަނި އެޕާޓްމަންޓަކީ އޭނާގެ އެޕާޓްމަންޓު ކަމަށް ވާތީ، މަރުވެފައި އޮއްވާ ކުނިވަހެއް ފެތުރިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ އެޕާޓްމެންޓުގެ ކަރަންޓު ބިލްތަކަށް ފައިސާ ދައްކާފައި ނުވުމުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަރަންޓުވެސް ކަނޑާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހުމައިރާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ނުވަ މަސް ވެދާނެ. އެންމެ ފަހުން ޔުޓިލިޓީ ބިލްތައް ދެއްކުމާއި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކަރަންޓް ކަނޑާލުމާ ދެމެދުގެ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަރުވި ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އަދި އޭނާގެ ގޭގައި ހުރި ކާނާތައް ހުރީވެސް މުއްދަތު ހަމަވެފައި ކަމަށްވެސް ރިޕޯޓުތަކުން ބުންޏެވެ.

ހުމައިރާގެ އާއިލާއިން ވަނީ އޭނާގެ މަރުވެފައިވާ ހަށިގަނޑު ބަލައިގަތުމަށް ދެކޮޅު ހަދައި އޭނާއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފައިއެވެ.

ހުމައިރާގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ އޭއާރުވައިގެ ރިއަލިޓީ ޝޯ "ތަމާޝާ ގަރް" ގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި 2015 ވަނަ އަހަރު ނެރުނު ފިލްމު "ޖަލައިބީ" ގައި ވެސް އޭނާ މަސައްކަތްކޮށްފަ އެވެ. އޭނާގެ އިންސްޓަގްރާމް ބަޔޯގައި ބުނެފައި ވަނީ އޭނާ އަކީ ހަމައެކަނި އެކްސްޓްރެސް މޮޑެލްއެއް ނޫން ކަމަށެވެ. މިގޮތުން، އޭނާއަކީ ތިއޭޓަރުގެ އާޓިސްޓެއްގެ އިތުރުން ކުރެހުންތެރިއެކެވެ. އަދި ފިޓްނަސްއަށް ޝައުގުވެރިވާ މީހެއް ކަމަށްވެސް އޭނާގެ ބަޔޯގައި ބުނެފައިވެ އެވެ. އިންސްޓަގްރާމްގައި އޭނާގެ ފޮލޯވަރުންގެ އަދަދު 713،000 އަށް ވުރެ ގިނަ އެވެ. އޭނާ އިންސްޓަގްރާމްގައި އެންމެ ފަހުން ޕޯސްޓެއް ކޮށްފައި ވަނީ ސެޕްޓެމްބަރު 30، 2024ގަ އެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

58 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

103 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00