Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މީޑިއާ ކައުންސިލްގެ 12 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

މީޑިއާ ކައުންސިލްގެ 12 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
333 ދުވަސް ކުރިން - 13 ޖުލައި 2025 22:19
މީގެކުރިން ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: ސަން ފޮޓޯ
މީގެކުރިން ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: ސަން ފޮޓޯ
ޚުލާސާ

ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލުމަށް ނިންމާފައިވަނީ، ނޫސްވެރިކަމުގެ އިނާމަށް ހުށަހެޅޭ އެންޓްރީތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަޒަންކޮށް، އެންމެ އެކަށީގެންވާ ފަރާތްތަކަށް އިނާމު ދިނުމުގެ މަގުފަހިކުރުމަށްކަަމަށް މީޑިއާ ކައުންސިލުން ފާހަގަކުރި.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ދޭ "12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ހުށަހެޅުންތައް ވަޒަންކުރުމަށްޓަކައި، ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލުމަށް މި ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މިގޮތަށް ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލުމަށް ނިންމާފައިވަނީ، ނޫސްވެރިކަމުގެ އިނާމަށް ހުށަހެޅޭ އެންޓްރީތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަޒަންކޮށް، އެންމެ އެކަށީގެންވާ ފަރާތްތަކަށް އިނާމު ދިނުމުގެ މަގުފަހިކުރުމަށްކަަމަށެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެމުން އަންނަ މުހިންމު އެވޯޑެއްކަަމަށް އެ ކައުސިލުން ބުންޏެވެ.

ފަނޑިޔާރުންގެ ޕޫލްގައި ހިމެނުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ މީޑިއާ، ނުވަތަ ޖާނަލިޒަމް، ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން ތިން އަހަރުދުވަހު މަސައްކަތްކޮށް، ފަނޑިޔާރުކަމުގެ މަގާމަށް ކަނޑައަޅާފައިވާ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް މީޑިއާ ކައުންސިލުން ފާހަގަކުރި އެވެ.

Advertisement

Advertisement 1

މީޑިއާ ކައުންސިލުން ފާހަގަކުރިގޮތުގައި، މި ޕޫލްގައި ހިމެނޭ ފަނޑިޔާރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި 12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ވަޒަންކުރުމާއި، އެޕްލިކޭޝަންތައް މާކްސް ދެއްވުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި، ހަމަހަމަކަމާއެކު ހަގީގަތާއި އެއްގޮތައް އިންސާފުވެރިކަމާއެކު މަސައްކަތްކުރުން ހިމެނޭކަމަށެވެ.

އެގޮތުން، މި މަސައްކަތަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އުޖޫރައެއް ދެވޭނެ ކަމަށާއި، މި ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު ޖުލައި 21 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުވާލައިފައިވާކަމަށް މީޑިއާ ކައުންސިލުން ފާހަގަކުރި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަމަސްތެރޭ ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

43 ދުވަސް ކުރިން - 10:22

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

191 ދުވަސް ކުރިން - 10:36

މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

254 ދުވަސް ކުރިން - 17:03

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިންކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

263 ދުވަސް ކުރިން - 14:51

މީޑިއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

މީޑީއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

267 ދުވަސް ކުރިން - 15:47

އުސޫލާ އެއްގޮތަަށް މީޑިއާ ފެންޑާ ބޭނުން ނުކުރާތީ އެތަން އުވާލައިފި

އުސޫލާއެއްގޮތަށް މީޑިއާ ފެންޑާ ބޭނުންނުކުރާތީ އެތަން އުވާލަނީ

270 ދުވަސް ކުރިން - 21:35