ޕޯސްޓުމޯޓަމް ހަދަން ބޭރަށް ފޮނުވަން އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސްފި

އަހްމަދު އީޒާން | 13 ގަޑިއިރު ކުރިން - 13 ޖުލައި 2025 22:11
އަބްދުއްރަހްމާން އާދަމްގެ ގެ ހުންނަ ސަރަހައްދުގައި ފުލުހުން ޓޭޕު ދަމައި ބަންދުކޮށްފައި / ފޮޓޯ: ޕީއެސްއެމް
އަބްދުއްރަހްމާން އާދަމްގެ ގެ ހުންނަ ސަރަހައްދުގައި ފުލުހުން ޓޭޕު ދަމައި ބަންދުކޮށްފައި / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ފުލުހުން އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށް.

އއ. މާޅޮހުގައި ބޮޑެތި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ މިއަދު ފެނުނު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށެވެ.

ރާއްޖޭގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް އާންމުގޮތެއްގައި ހަދަނީ އިންޑިއާއަށް ފޮނުވައިގެންނެވެ.

ޒަހަމްތަކަކާއެކު، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އޮއްވާ ފެނިގެން އެކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށާއި އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ބޮޑަށް އަނިޔާ ދީފައި ވަނީ އޭނާގެ ބޮލަށެވެ.

ދެ ކުދިން ތިބޭ އަބްދުއްރަހްމާންއަކީ މަސްވެރިއެކެވެ. އޭނާގެ ކުދިން ރަށުން ބޭރުގައި ދިރިއުޅޭއިރު، އޭނާ ރަށުގައި ދިރިއުޅުނީ އަނބިމީހާއާއެކުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%