ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކު ޒަހަމް ވެއްޖެ

އާނާ ފަހީމް | 8 ގަޑިއިރު ކުރިން - 13 ޖުލައި 2025 20:49
ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން ފަރާތަކަށް އަނިޔާވެއްޖެ
ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން ފަރާތަކަށް އަނިޔާވެއްޖެ
ޚުލާސާ

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއްވެ 3 މީހަކަށް ނުރައްކާތެރި ޒަހަމްތަކެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން ފަރާތަކަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތަނުން ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ތިން ފިރިހެނުންނަށެވެ. އޭގެ ތެރެއިން އެއް ފަރާތުގެ ސިކުނޑިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވި އެހެން ފަރާތްތަކަށްވެސް އެކި ވަރުުރުގެ އަނިޔާތައް ވެފައިވާކަމަށް ލަފާކުރެވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. މަރުވި ކުއްޖާ އަކީ މަގު ހުރަސްކުރަން އުޅުނު ދެ މީހުންގެ ތެރެއިން އެކެކެވެ. އެ ކުއްޖާއާ އެކީގައި އިތުރު ދެ މީހަކަށް ވެސް ސީރިއަސް އަނިޔާވެފައިވެއެވެ. އެމީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%