މި އަހަރުގެ ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމަށް ދިން މުއްދަތު ޔޫތު މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.
އެ އެވޯޑަށް ކުރިމަތިލާން ދިން މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ އެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމިޔާތަކުން އަންނަ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރު) އެޕްލިކޭޝަން ފޯމް ނުވަތަ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ސިވިލް ސޮސައިޓީ އެވޯޑަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.
އެ އެވޯޑަށް ޖުމްލަ ނުވަ ދާއިރާއަކުން ކުރިމަތިލާން ވަނީ ހުލުވާލައިވެ އެވެ. އެއީ, އެމްޕަވާމަންޓް އޮފް ވިމެން، ޗިލްޑްރަން، އެންޑް ޔޫތު އާއި ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް އާއި އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް އާއި އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ އާއި ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ އާއި ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް. އެންޑް ހެރިޓޭޖް އާއި ޕްރޮމޯޝަން އޮފް އާޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ އާއި އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން އަދި ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން އެވެ.
އެ އެވޯޑް ލިބޭ ފަރާތްތަކަށް ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.