މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

އަައިޝަތު ޒީނާ | 8 ގަޑިއިރު ކުރިން - 13 ޖުލައި 2025 13:17
މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާއެކު މާލެއިން ހައްޔަރުކުރި މީހާ. / ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާއެކު މާލެއިން ހައްޔަރުކުރި މީހާ. / ފޮޓޯ: ފުލުހުން
ޚުލާސާ

މި މައްސަލައިގައި ހައްޔަރުކުރި މީހާ އަތުން މަސްތުވާތަކެއްޗާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށް ވުރެ ގިނަ ރުފިޔާ ވަނީ ފެނިފަ.

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ، އަހުމަދު ނަޒްމީން (28އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 214 ގުރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަހުމަދު ނަޒްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%