ފުލުހުންގެ ހުއްދައާ ނުލައި މާޅޮހުން މީހުން ފުރުން މަނާކޮށްފި

މުހައްމަދު ޖަމްޝަތު | 19 ގަޑިއިރު ކުރިން - 13 ޖުލައި 2025 10:07
އއ. މާޅޮސް. އެރަށުގައި ނިދާފައި އޮތް މީހަކަށް އަނިޔާކޮށް ވަނީ މަރާލާފައި. ފޮޓޯ: މޯލްޑިވްސް ސްޓޭސް
އއ. މާޅޮސް. އެރަށުގައި ނިދާފައި އޮތް މީހަކަށް އަނިޔާކޮށް ވަނީ މަރާލާފައި. ފޮޓޯ: މޯލްޑިވްސް ސްޓޭސް
ޚުލާސާ

އަބްދުއްރަހުމާނު މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް. އޭނާ ޒަހަމްކޮށްލާފައިވަނީ ގޭގައި ނިދާފައި އޮއްވާ. އެ ގޭގައި އޭނާގެ އަންހުނުންނާއި ދަރިފުޅުވެސް ދިރިއުޅޭ

އއ. މާޅޮހުގައި ނިދާފައި އޮތް 65 އަހަރުގެ މީހަކަށް އަނިޔާދީ ޒަހަމްކޮށް މަރާލުމާއި ގުޅިގެން ތަހުގީގު ފަށާފައިވާއިރު ފުލުހުންގެ ހުއްދައަކާ ނުލައި ރަށުން ފުރުން މަނާކޮށްފައިވާ ކަމަށް މާޅޮހު ކައުންސިލުން ބުނެފި އެވެ.

މަރުވެފައި ވަނީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް އެވެ. އޭނާ މަރުވީ، ނިދާފައި އޮއްވާ އަނިޔާކޮށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

"ޚުލާސާ" ނޫހާ ވާހަކަދައްކަވަމުން މާޅޮހު ކައުންސިލު މެމްބަރު މުހައްމަދު ނާފިޒު ވިދާޅުވީ އަބްދުއްރަހްމާން އާއެކު އޭނާ ދިރިއުޅޭ ގޭގައި އޭނާގެ އަންހެނުންނާއި ދަރިއެއްވެސް ދިރިއުޅެމުން އަންނަ ކަމަށާއި އަބްދުއްރަހްމާން އަކީ މަސްވެރިކަމުގައި އުޅުނު މީހެއް ކަމަށްވުުމުން އޭނާ އާއްމުކޮށް އުޅެމުން އައިސްފައިވަނީ ރަށުން ބޭރުގައި ކަމަށެވެ.

އަދި ފުލުހުންގެ ހުއްދަ ނުނަގައި، ރަށުން ފުރުން މިވަގުތު މަނާ ކޮށްފައިވާ ކަމަށްވެސް ނާފިޒު ވިދާޅުވި އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއްވެސް މާޅޮހަށް ވަނީ ގޮސްފަ އެވެ.

ފުލުސް މީޑިއާ އޮފިޝަލަކު "ޚުލާސާ" ނޫހަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް އެރަށަށް އަރައި ފައިބާ ހުރިހާ ފަރާތްތަކެއް މޮނިޓާ ކުރަމުން އަންނަ ކަމަށާއި މިވަގުތު މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. ފުލުހުން ބުނިގޮތުގައި އަބްދުއްރަހްމާން އާދަމް މަރުވީ ރޭގެ ފަތިހު އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%