Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމުކުރުން މި އަހަރު ނިމޭނެ: ވަޒީރު ޝަހީމް

ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމުކުރުން މި އަހަރު ނިމޭނެ: ވަޒީރު ޝަހީމް

އާނާ ފަހީމް
414 ދުވަސް ކުރިން - 13 ޖުލައި 2025 10:44
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި  ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  ވާހަކަފުޅުދައްކަވަނީ/ ފޮޓޯ:  އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

ދީނީ ޢިލްމު ފެތުރުމުގެ މަޤްސަދުގައި މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމުކުރެވޭނެ ކަމަށް އިސްލާމީ ކަންތަކާބެހޭ ވަޒީރު ވިދާޅުވެއްޖެ.

މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި އިސްލާމީ ކުތުބުޚާނާ ގާއިމުކޮށް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ، ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ލައިބްރަރީ ނުވަތަ ކުތުބުހާނާތަކަކީ އިސްލާމީ ހަޟާރަތް ކުރިއަރާ ދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ތަންތަންކަން ފާހަގަކުރައްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައިވެސް އިސްލާމީ ކުތުބުހާނާތައް ގާއިމުކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި މިވަގުތު ހުރި އަދި މިއަހަރު މަސައްކަތް ނިމޭ ހުރިހާ އިސްލާމީ މަރުކަޒެއްގައި ކުތުބުޚާނާ އިމުކޮށް ނިމޭނެކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުތުބުޚާނާތަކަށް ފޮތް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރު 60،000 ފޮތް ހަދިޔާކުރުމަށް ހުށައެޅުމެއް ލިބިފައިވާ ކަމަށާއި، އެކަމުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރެވިފައިވާ ކަމަށެވެ. ސަލްމާން މިސްކިތުގައި ހުޅުވުނު އިސްލާމީ ލައިބްރަރީގައި ކުރިއަށް އޮތްތަނުގައި 15,000 އަށްވުރެ ގިނަ ފޮތް ކިޔެން ހުންނާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އަދި މިތަނުގައި ކުޑަކުދިންނަށް ހާއްސަ ކޯނަރަކާއި އިސްލާމިކް ބޭންކިން އެންޑް ފައިނެންސްއަށް ހާއްސަ ކޯނަރެއް ގާއިމުކުރެވޭނެ ކަމަށްވެސް ވަޒީރު އިތުރަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

ސަރުކާރުން ވަނީ ހއ. ދިއްދޫއާއި ރ. އުނގޫފާރާއި ގދ. ތިނަދޫގައި އިސްލާމީ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތް ފަށްޓަވާފަ އެވެ. މީގެ ތެރެއިން ދިއްދޫގައި ގާއިމުކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމާ އަންނަ މަހު ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ފެތުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގަ އެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52