Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް އެއްބަސްވުންތަކެއް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް އެއްބަސްވުންތަކެއް!

އަހްމަދު އީޒާން
415 ދުވަސް ކުރިން - 12 ޖުލައި 2025 21:03
އެމްއޭސީއެލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އެމްއޭސީއެލުން ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު އެއްބަސްވުންތަކެއް ހަދަން ފަށާފައިވާ ކަމަށް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް އެއާޕޯޓުގައި ހިދުމަތް ދޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު އެއްބަސްވުންތަކެއް ހަދަން ފަށާފައިވާ ކަމަށެވެ.

އެ އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވާއިރު އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާކުރުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

Advertisement

Advertisement 1

ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ، މެދުނުކެނޑި ހިދުމަތް ދިނުމަކީ ވެސް އެ އެއްބަސްވުންތަކުގެ މަގުސަދެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި، އެ ކުންފުނިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާއެކު މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. އެ އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓަ އޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް ހަލުވިކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ފަސިންޖަރުން އިތުރުވެ އާ ކަނެކްޝަން އިތުރުވަމުން އަންނައިރު، ރާއްޖޭގެ ވައިގެ މައި ދޮރާށި ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން އަންނަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ދައުރު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްއެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

1 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

7 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50