Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާ ފުލައިޓް ވެއްޓުން: ސްވިޗް އެރަރ އެއް ކަމަށް ޝައްކު ކުރެވިއްޖެ - ތަޙްޤީޤް

އިންޑިއާ ފުލައިޓް ވެއްޓުން: ސްވިޗް އެރަރ އެއް ކަމަށް ޝައްކު ކުރެވިއްޖެ - ތަޙްޤީޤް

ޖަވާދު
424 ދުވަސް ކުރިން - 12 ޖުލައި 2025 10:47
ރަންވޭއިން ނައްޓައިލިތަ ވެއްޓުނު އެއާ އިންޑިއާގެ ފުލައިޓް: މި ހާދިސާގައި 264 މީހުން މަރުވި. / ގެޓީ އިމޭޖަސް.
ރަންވޭއިން ނައްޓައިލިތަ ވެއްޓުނު އެއާ އިންޑިއާގެ ފުލައިޓް: މި ހާދިސާގައި 264 މީހުން މަރުވި. / ގެޓީ އިމޭޖަސް.
ޚުލާސާ

އިންޖީނުގެ ފިއުލް ކޮންޓްރޯލް ސްވިޗް ހުރީ "ރަން" އިން "ކަޓޯފް" ޕޮޒިޝަނަށް ބަދަލުކޮށްފަ. ޕައިލެޓު، ތިމަންނަ ނުކުރަމޭ ބުނާ އަޑު ރެކޯޑްކުރެވިފައި އެބަހުރި.

މިދިޔަ މަހުގެ 12 ވަނަ ދުވަހު 265 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ވެއްޓި އެކަކު ފިޔަވައި އެންމެން މަރުވި އެއާ އިންޑިއާގެ ފުލައިޓަށް އެ ހާދިސާ ދިމާވާން ޖެހުނީ “ސްވިޗް އެރަރ” އެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި، އެ ހާދިސާ ތަޙްޤީޤު ކުރަމުންދާ އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މިއަދު ބުނެފިއެވެ.

އެ ފުލައިޓުގައި ތިބީ 242 ޕަސެންޖަރުންނާއި، 23 ކުރޫންނާއެކު މުޅިއެކު 265 މީހުންނެވެ. ސަލާމަތްވީ އިންޑިއާގެ ފިރިހެނެއް އެކަންޏެވެ..

Advertisement

Advertisement 1

އެ ބިއުރޯއިން އާންމުކުރި ފުރަތަމަ ހޯދުންތަކުން ހާމަވާ ގޮތުގައި އިންޖީނުގެ ފިއުލް ކޮންޓްރޯލް ސްވިޗް ހުރީ "ރަން" އިން "ކަޓޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައެވެ. އަދި އެ ސްވިޗް “ކަޓޯފް” ޕޮޒިޝަނަށް ބަދަލުކުރީ ރަންވޭއިން ފުލައިޓް ނައްޓައިލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށާއި، އެކަމުގެ ސަބަބުން ފުލައިޓްގެ ކޮންޓްރޯލް ގެއްލުނީ ކަމަށް ބެލެވޭ ކަމަށް އެ ޓީމުން ބުންޏެވެ.

ރަންވޭއިން ނައްޓައިލިތަ ވެއްޓުނު އެއާ އިންޑިއާގެ ފުލައިޓް: މި ހާދިސާގައި 264 މީހުން މަރުވި. / ގެޓީ އިމޭޖަސް.

ކޮކްޕިޓްގެ ވޮއިސް ރެކޯޑަރުގައި ސްވިޗް ކަނޑާލީ ކީއްވެގެންތޯ އެތަނުން ޕައިލެޓަކު ބުނި ކަމަށާއި، އެއާއެކު ދެން ހުރި ޕައިލެޓް ތިމަންނަ އެހެން ނަހަދަމޭ ބުނި ކަމަށް ރެކޯޑުވެފައި އެބަހުރި ކަމަށް ތަޙްޤީޤު ޓީމުން މިއަދު ބުންޏެވެ. އެހެންކަމުން ސްވިޗްތައް ބަދަލުކޮށްފައިވަނީ އެކްސިޑެންޓެއްގައިތޯ ނުވަތަ ގަސްތުގައިތޯ ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވެގެންތޯ މިއީ އުފެދިފައިވާ ސީރިއަސް ސުވާލުތަކެކެވެ.

ނަމަވެސް، ތަޙްޤީޤު ޓީމަށް މިހާތަނަށް އައިއިރު މެކޭނިކަލް މައްސަލައެއް ދިމާވި ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.

އިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

3 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

18 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

40 ދުވަސް ކުރިން - 13:43