Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިއާގެ ޑްރޯން ޙަމަލާތައް ވަރުގަދަވެ، ޔުކްރޭންގައި އިންތިހާއަށް ބިރުވެރިކަން!

ރަޝިއާގެ ޑްރޯން ޙަމަލާތައް ވަރުގަދަވެ، ޔުކްރޭންގައި އިންތިހާއަށް ބިރުވެރިކަން!

ޖަވާދު
425 ދުވަސް ކުރިން - 11 ޖުލައި 2025 17:32
ރަޝިއާއިން ޔުކްރޭނުގެ ވެރިރަށަށް އިއްޔެރޭ ދިން ޙަމަލާތަކުގައި ޢިމާރާތްތަކެއްގައި އަލިފާން ރޯވެފައި / ފޮޓޯ: ބީބީސީ.
ރަޝިއާއިން ޔުކްރޭނުގެ ވެރިރަށަށް އިއްޔެރޭ ދިން ޙަމަލާތަކުގައި ޢިމާރާތްތަކެއްގައި އަލިފާން ރޯވެފައި / ފޮޓޯ: ބީބީސީ.
ޚުލާސާ

މިމަހުގެ ފުރަތަމަ ނުވަދުވަސްތެރޭ ޔުކްރޭނަށް 2000 އަށްވުރެ ގިނަ ޙަމަލާދީފި. ޖޫންމަހުން ފެށިގެން މިހާތަނަށް 234 މީހުން މަރައިލިއިރު މިއީ މިވީ ތިންއަހަރުތެރޭ އެންމެގިނައިން މީހުން މަރުވިފަހަރު.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރޭނުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ބައްދަލުކުރައްވަނީ: ޓްރަމްޕް ވަނީ އެމެރިކާ އިން ނޭޓޯއަށް ދޭ ހަތިޔާރުތައް ޔުކްރޭނަށް ލިބޭނެ ކަމަށް ވިދާޅުވެފަ / ގެޓީ އިމޭޖެސް.

އެމެރިކާއިން ޔުކްރޭނަށް އެހީތެރިވާނެ ކަމަށް ބުނުމާއެކު ރަޝިއާއިން ޔުކްރޭނަށް ދެމުންދާ ޑްރޯނާއި މިސައިލް ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަވެ ޔުކްރޭންގައި އިންތިހާއަށް ބިރުވެރިކަން އުފެދިއްޖެއެވެ.

Advertisement

Advertisement 1

މިދިޔަ ހަފްތާއިން ފެށިގެން މި ހަމަލާތައް ވަރުގަދަވެފައިވާއިރު، ޖޫން މަހު އެކަނިވެސް 5،429 ފަހަރު ރަޝިއާއިން ވަނީ ޑްރޯން ބޭނުން ކޮށްގެން ޔުކްރޭނަށް ޙަމަލާ ދީފައެވެ. މިއީ މިހާތަނަށް އެއްމަސްތެރޭ ރަޝިއާއިން ދީފައިވާ އެންމެ ގިނަ ހަމަލާތަކެވެ. މި މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭގައިވެސް ރަޝިއާއިން ވަނީ 2،000 އަށް ވުރެ ގިނަ ހަމަލާ ޔުކްރޭނަށް ދީފައެވެ.

ރަޝިއާއިން ޔުކްރޭނުގެ ވެރިރަށް ކީވްއަށް ދިން ޙަމަލާއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ: ހުސްވި މަހުން ފެށިގެން މިހާތަނަށް ޔުކްރޭނުގެ 234 މީހުން މަރުވެފައިވާއިރު މިއީ 24 ފެބުރުއަރީ 2022 ގައި ހަނގުރާމަ ފެށި ފަހުން މިވީ 3 އަހަރުތެރޭ އެންމެ ގިނައިން މީހުން މަރުވި މައްސަރު / ފޮޓޯ: ރޮއިޓާސް.

ރަޝިއާއިން ކިތަންމެ ވަރަކަށް ޞުލްޙަ ވުމަށް މަސައްކަތް ކުރިޔަށް ޔުކްރޭނުން ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ. ރަޝިއާ ބޭނުންވަނީ ނޭޓޯއާއި ޔުކްރޭނު ނުގުޅޭނެ ކަމުގެ ޔަޤީންކަމެވެ. އެއާއި ޚިލާފަށް ޔުކްރޭނުގެ ސަރުކާރު ވަނީ ހުޅަނގުގެ ބަހަށް ހެއްލިފައެވެ. ހުޅަނގުން ޔުކްރޭނަށް އެހީތެރިވާނެ ކަމަށާއި، ރަޝިއާ ބަލިކޮށް އަދި ރަޝިއާ އިނދަޖައްސައިލުމަށްޓަކައި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އެހީތެރިވާނެ ކަމަށް ބުނެފައި ވެއެވެ. ހުޅަނގުން މަސައްކަތްކުރަނީ އެމީހުންގެ ސިފައިން ޢަމަލ) ގޮތުން މައިދާނަށް ނުފޮނުވައި ޔުކްރޭނު މެދުވެރިކޮށް ރަޝިއާ އާއި ތަޅަފޮޅާށެވެ. އެގޮތުން މެދުނުކެނޑި ހަތިޔާރާއި ފައިސާ ދަނީ އޮއްސަމުންނެވެ. ހަނގުރާމަ ފެށިފަހުން މިހާތަނަށް އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް 270 ބިލިއަން އެމެރިކާ ޑޮލަރު ދީފައި ވެއެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ދިޔައިރުވެސް ޔުކްރޭނަށް މޮޅުވެވޭގޮތެއް ނުވިއެވެ. އެއާއި ޚިލާފަށް ރަޝިއާއިން ގެންދަނީ ފަހަރަކު ތަނެއް ހިފައި ޔުކްރޭނުގެ ބިމަށް އަތްގަދަ ކުރަމުންނެވެ.

ހުޅަނގުގެ ބަހަށް ހެއްލި، ރަޝިޔާގެ ބުޑުގައި އޮވެގެން ޒެލެންސްކީގެ ސަރުކާރުން ރަޝިއާއަށް ޖެއްސުންކުރަން ފެށުމުން، ޕޫޓިންގެ ސިފައިން ވަނީ ޔުކްރޭނުގެ މުހިންމު ސަރަޙައްދުތަކެއް ވެސް ހިފާފައެވެ. އޭގެތެރޭގައި ކްރޭމިއާ އާއި ލުހާންސްކް އަދި ޑޮނެޓްސްކްގެ އިތުރުން ޒަޕަރޯޖިއާ އާއި ޚެރްސޮން ވެސް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް 125000 ކިލޯމީޓަރެވެ.

މިހާރު ރަޝިއާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި ޖޫން މަހުން ފެށިގެން މިހާތަނަށް ޔުކްރޭނުގެ 234 މީހުން މަރުވެފައިވާއިރު މިއީ 24 ފެބުރުއަރީ 2022 ގައި ހަނގުރާމަ ފެށި ފަހުން މިވީ 3 އަހަރުތެރޭ އެންމެ ގިނައިން މީހުން މަރުވި މައްސަރުކަން ފާހަގަ ކުރެވެއެވެ.

ރަޝިއާ - ޔުކްރޭން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

10 ދުވަސް ކުރިން - 20:36

16 މީހުންގެ ފުރާނަ ދިޔަ "ޑަބަލް-ޓެޕް" ހަމަލާއަށްފަހު ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

17 ދުވަސް ކުރިން - 15:17

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

66 ދުވަސް ކުރިން - 23:10