މޯލްޑިވިއަން އިން ލ.ކައްދޫއާއި މ.މުއްޔާދެމެދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވައިގެ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ދެ ރަށުގެ ދެމެދުގައި ދަތުރުކުރާނެ މީހުން ގިނަ ކަމަށް ފާހަގަ ކުރެވޭތީއެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި، މި ދެ ރަށުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ރޫޓުގައި އެކަށީގެންވާ ޑިމާންޑެއް އޮތުމުގެ ސަބަބުންނެވެ. އަދި މި ދަތުރުތައް ކުރިއަށް ގެންދާނީ ހަފްތާއަކު އެއް ދުވަހުއެވެ.
މި ދަތުރުތަކަށް ޓިކެޓް ވިއްކުން މިހާރު ވަނީ ފެށިފައެވެ. ކައްދޫއާއި މުއްޔާދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 999 ރުފިޔާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މުލީ އެއަރޕޯޓަށް ފެށީ މޭ މަހުގެ 24 ވަނަ ދުވަހުއެވެ.