Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

މަރްޔަމް މާޙީ
179 ދުވަސް ކުރިން - 5 މާޗް 2026 15:01
ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: މިނިސްޓްރީ
ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ރައީސްގެ އިރުޝާދާ އެއްގޮތަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ގައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށާފައި.

މިއަހަރުގެ ރަމަޟާން މަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކާއެކު ފުރަން ތައްޔާރުވެ، ނަމަވެސް ދިމާވި އެކި ސަބަބުތަކާހުރެ ނުފުރި ތިބި ފަރާތްތަކަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިސްނެގުމަކީ، އެކި އެޖެންސީތައް މެދުވެރިކޮށް އުމްރާއަށް ދިއުމަށް ރާވާފައިވާ ފަރާތްތަކުގެ ތެރެއިން، ބައެއް ގައުމުތަކުން ޓްރާންސިޓްވެގެން ދަތުރުކުރަން އުޅުނު ނަމަވެސް ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި އުމްރާވެރިންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އަދި މި ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ މަގެއް ދައްކަވައި، އެކަން ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމާގުޅޭ އިދާރާތަކަށް ރޭ އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

Advertisement

Advertisement 1

ރައީސްގެ އިރުޝާދާ އެއްގޮތަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ގައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެން މިހާރު ވަނީ މިކަމަށް ބޭނުންވާ އަމަލީ މަސައްކަތްތައް ފަށާފައެވެ.

މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފުރަން ބޭނުންވެފައި ތިބި މީހުންގެ އަދަދު 150 އަށް އަރާ ކަމަށެވެ. އަދި ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތެއް ހަމަޖެހިއްޖެނަމަ، ޖާގަ އޮތް މިންވަރަކުން އިތުރު ފަރާތްތަކަށްވެސް އެ ފުރުސަތު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރަމަޟާން މަސް ނިމެން ގާތްވެފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ދަތުރު ހަމަޖެހިއްޖެ ހިނދެއްގައި، ދަތުރަށްދާ ހަރަދުތައް އާންމު އުސޫލުން ހަމަޖައްސާނީ އުމްރާވެރިން އަމިއްލައަށް ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމޯލްޑިވިއަންމޯލްޑިވްސް ހައްޖު ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

46 ދުވަސް ކުރިން - 00:07

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

61 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

89 ދުވަސް ކުރިން - 17:15

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

94 ދުވަސް ކުރިން - 22:03

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

98 ދުވަސް ކުރިން - 21:40