ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފި

އަައިޝަތު ޒީނާ | 10 ގަޑިއިރު ކުރިން - 10 ޖުލައި 2025 21:35
މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކުރާނެ ކަމަށް. / ފޮޓޯ: ޚުލާސާ
މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކުރާނެ ކަމަށް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނި.

ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓުން ބުނީ ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މީގެ އިތުރުން ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމަޔަށް މިރޭ 8:00 ޖަހަންދެން ހުދު ސަމާލުވެސް ނެރެފައެވެ.

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށާއި، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%