އިސްލާމީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 9 ޖުލައި 2025 15:08
އިސްލާމީ ކަންކަން ހަރުދަނާކުރުމަށް ތުރުކީއާއެކު މަޝްވަރާކުރުން. / ފޮޓޯ: ޚާރިޖީ ވުޒާރާ
އިސްލާމީ ކަންކަން ހަރުދަނާކުރުމަށް ތުރުކީއާއެކު މަޝްވަރާކުރުން. / ފޮޓޯ: ޚާރިޖީ ވުޒާރާ
ޚުލާސާ

މި ދައިރާއިން ދިވެހިރާއްޖެއަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، ދެ ޤައުމު ގުޅިގެން މި ދާއިރާއިން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވޭ.

އިސްލާމީ ކަންކަމާ ގުޅޭގޮތުން ތުރުކީއާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރެވޭނޭ ގޮތްތަކާމެދު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އާއި ތުރުކީގެ ޕްރެސިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސާ ޑރ. އަލީ އެރްބާޝްއާ މަޝްވަރާކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ދީނީ ކަންކަމާ ބެހޭ ޑައިރެކްޓޮރޭޓްގައި ކަމަށެވެ.

މި ބައްދަލުވުމުގައި އިސްލާމީ ކަންކަމާ ގުޅޭގޮތުން ދެ ގައުމު ދެމެދު ގުޅުން ވަރުގަދަކުރެވޭނޭ ގޮތްތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މި ދައިރާއިން ދިވެހިރާއްޖެއަށް ހުރި ފުރުސަތުތައް ދެނެގަތުމާއި، ދެ ގައުމު ގުޅިގެން މި ދާއިރާއިން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު، އަބްދުލްވާރިސް ސައީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%