މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު ނެރެފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 14:35
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނި. / ފޮޓޯ: ޚުލާސާ
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓުން ގއ އަތޮޅުން ގދ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 16:00 ގެ ނިޔަލަށް. މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ގއ އަތޮޅުން ގދ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 16:00 ގެ ނިޔަލަށެވެ. އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%