ދިވެހި އިމާމުންނަށް މޮރޮކޯގައި ޢަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ދެނީ

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 12:56
ބުރޫނާއީގައި ދިވެހި އިމާމުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން. / ފޮޓޯ: ވުޒާރާ
ބުރޫނާއީގައި ދިވެހި އިމާމުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން. / ފޮޓޯ: ވުޒާރާ
ޚުލާސާ

މިކަމާ ގުޅޭ އެއްބަސްވުން މޮރޮކޯ ސަރުކާރުން މިހާރު ދިވެހި ސަރުކާރަށް ފޮނުވާފައިވާކަމަށާއި ވަރަށް އަވަހަށް މި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވި.

ދިވެހި އިމާމުންނަށް މޮރޮކޯގައި ޢަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ދިނުމަށް މޮރޮކޯ ސަރުކާރުން ނިންމާ އެކަން ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މިކަމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވެވި ސިޓީފުޅަކާއި ގުޅިގެން ފަހިވެގެންދިޔަ ފުރުޞަތެއް ކަމަށެވެ.

މިކަމާ ގުޅޭ އެއްބަސްވުން މޮރޮކޯ ސަރުކާރުން މިހާރު ދިވެހި ސަރުކާރަށް ފޮނުވާފައިވާކަމަށާއި ވަރަށް އަވަހަށް މި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، އިމާމުންނަށް ޢަރަބި ބަސް އުނގެނުމުގެ ފުރުޞަތު ހަމަޖެހިގެންދާނީ އެ ޤައުމުގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިޓިއުޓަކުން ކަމަށެވެ.

އެ އިންސްޓިޓުޓްގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ހޯދައިދީފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%