Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

48 ޤައުމަކުން އެމެރިކާ އާއި ދެކޮޅަށް ތެދުވެއްޖެ

48 ޤައުމަކުން އެމެރިކާ އާއި ދެކޮޅަށް ތެދުވެއްޖެ

ހުސައިން އިސްމާއިލް
337 ދުވަސް ކުރިން - 8 ޖުލައި 2025 10:50
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އައި.ސީ.ސީ ގެ ބޭރުން ނަގާފައިވާ ފޮޓޯއެއް / އޭޕީ
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އައި.ސީ.ސީ ގެ ބޭރުން ނަގާފައިވާ ފޮޓޯއެއް / އޭޕީ
ޚުލާސާ

އެމެރިކާއިން އައި.ސީ.ސީ. ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން 48 ޤައުމުން ކުށްވެރިކޮށްފި

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ.) ގެ ފަނޑިޔާރުންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅިގެން، 48 ޤައުމަކުން އެމެރިކާ އާއި ދެކޮޅަށް ތެދުވެ، އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ ބައިނަލްއަޤުވާމީ ޢަދުލުގެ ނިޒާމަށް ދެވުނު ހަމަލާއެއް ކަމަށް ސިފަކޮށްފިއެވެ.

އެމެރިކާއާއި ދެކޮޅަށް މިކަމުގައި ތެދުވި ޤައުމުތަކުގެ ތެރޭގައި، ފްރާންސް، ޖަރުމަން، އިނގިރޭސިވިލާތް، ކެނެޑާ، އަދި ދެކުނު އެފްރިކާ ހިމެނެއެވެ. ޖުމްލަ 48 ޤައުމުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ޓްރަމްޕް ސަރުކާރުން އައި.ސީ.ސީ.ގެ ހަތަރު ފަނޑިޔާރަކަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިފަނޑިޔާރުންނަކީ، އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާ ތަކާއި، ފަލަސްތީނުގައި ހައްދުފަހަނަ އެޅި ޒައެނިސްޓް އިސްރާއީލުގެ ސިފައިން ހިންގާފައިވާ ކަމަށް ބެލެވޭ ކުށްތަކާއި ގުޅޭ ތަޙްޤީޤުތަކުގައި ބައިވެރިވާ ފަރާތްތަކެވެ.

Advertisement

Advertisement 1

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށް، މި 48 ޤައުމުން ވަނީ އެމީހުންގެ ބަޔާނުގައި ބުނެފައެވެ. އަދި އެ ކޯޓަށް ފުރިހަމަ ތާއީދު ކުރާ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުންނަށް މިނިވަންކަން އޮންނަން ޖެހޭ ކަމަށް އެ ޤައުމުތަކުން ބުންޏެވެ.

އެމެރިކާގެ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ޤާނޫނުގެ ވެރިކަން ނިޒާމު ނިތާލައި، ހަނގުރާމަވެރި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ހިތްވަރު ލިބިދާނެ ކަމަށް ބައިނަލްއަޤުވާމީ ޤާނޫނީ މާހިރުން ވަނީ އިންޒާރު ދީފައެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައިވާ އައި.ސީ.ސީ. އުފައްދާފައިވަނީ، ނަސްލީ ކުށްތަކާއި، އިންސާނިއްޔަތާއި ޚިލާފު ކަންކަމާއި ޖަރީމާތަކާއި، އަދި ހަނގުރާމަވެރި ކުށްތަކާއި ޖަރީމާތަކަށް ޖަވާބުދާރީކުރުމަށްޓަކައެވެ.

ޓްރަމްޕުގެ ސަރުކާރުން ބުނަނީ އައި.ސީ.ސީ އަކީ "ސިޔާސީ ވެފައިވާ މުއައްސަސާއެއް ކަމަށް ސިފަކޮށް އައި.ސީ.ސީ.އާ ދެކޮޅަށް ކުރިއަށްގެންދާ ފިޔަވަޅުތައް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

ޑޮނަލްޑް ޓްރަމްޕުބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ.)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

5 ދުވަސް ކުރިން - 10:19

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

7 ދުވަސް ކުރިން - 08:53

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

ލުބުނާނުގެ ހަނގުރާމަ ވަރުގަދަވުމާއެކު، ޓްރަމްޕް ނަތަންޏާހޫއާ މަޝްވަރާކޮށްފި

9 ދުވަސް ކުރިން - 06:21

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާނުލާނަން: ޓްރަމްޕު

އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާނުލާނަން: ޓްރަމްޕު

11 ދުވަސް ކުރިން - 08:09

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މުއްދަތު އިތުރުކުރުމަށް ޓްރަމްޕް އަދިވެސް ރުހުން ނުދޭ

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ޓްރަމްޕް އަދިވެސް ރުހުންނުދޭ

11 ދުވަސް ކުރިން - 06:36

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

13 ދުވަސް ކުރިން - 00:39