Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނަށް ޗައިނާގެ ހަތިޔާރާއި ޑިފެންސް ސިސްޓަމް!

އީރާނަށް ޗައިނާގެ ހަތިޔާރާއި ޑިފެންސް ސިސްޓަމް!

ޖަވާދު
428 ދުވަސް ކުރިން - 7 ޖުލައި 2025 17:46
ޗައިނާގެ ބޮއިންގް 747 މުދާ އުފުލާ ބޯޓެއް އީރާނަށް / ފޮޓޯ: ފްލައިޓްޓްރާޑަރ24
ޗައިނާގެ ބޮއިންގް 747 މުދާ އުފުލާ ބޯޓެއް އީރާނަށް / ފޮޓޯ: ފްލައިޓްޓްރާޑަރ24
ޚުލާސާ

އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާއި ގުޅިގެން ދިފާޢީ އައްޑަނަ ވަރުގަދަ ކުރުމަށް ޗައިނާގެ އެޗްކިއު‐9ބީ، އެޗްކިއު‐16 އަދި އެޗްކިއު‐17އޭއީ މިސައިލް ބެޓެރީ ގަންނަން އީރާނުން ނިންމައިފި.

މިދިޔަ މަހު އިސްރާއީލުގެ 12 ދުވަހުގެ ވައިގެ ހަމަލާއިން ތެހެރާނުގެ ރާޑަރ ނެޓްވޯކަށް ގެއްލުންތައް ލިބުމުން، ޗައިނާއިން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމުތައް ގަތުމަށް އީރާނުން މަޝްވަރާ ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.

އިސްލާމިކްރިޕަބްލިކް އެއާ ޑިފެންސް ފޯސްގެ އިންޖިނިއަރުންގެ ވަފުދެއް ހުސްވި މަހުގެ 25 ވަނަ ދުވަހު ޗިންގްޑާއޯއަށް ވަޑައިގެން، އެޗްކިއު‐9ބީ، އެޗްކިއު‐16 އަދި އެޗްކިއު‐17އޭއީ މިސައިލް ބެޓެރީ ގަންނަން ޗައިނާއާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދެއެވެ. މިއީ މިހާރުވެސް އީރާނުން ބޭނުންކުރަމުންދާ ޗައިނާގެ ޓެކްނޮލޮޖީއެއްކަން ފާހަގަ ކުރެވެއެވެ.

އޯޕަން ސޯސް ފްލައިޓް ޓްރެކަރުން ވަނީ ޗައިނާގެ ހަބްތަކުން އީރާނަށް ބޮއިންގް747 ގެ އުޅަނދުތައް ފުރައިގެންދިޔަ ކަމަށް ރެކޯޑް ކުރެވިފައެވެ. މި ބޯޓުތައް ތުރުކުމެނިސްތާނުގެ މަތިން ވަނީ ރާޑަރުތަކަށް ގެއްލިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އަސްކަރީ އުޅަނދުތަކުގައި އީރާނަށްނވަނީ ހަތިޔާރު އެތެރެކޮށްފައެވެ.ފޮކްސްނިއުސް އާއި ސަލާމަތީ މަސްދަރު ތަކުން ރިޕޯޓްކުރާ ގޮތުގައި މި މަތިންދާބޯޓުގެ ފަހަތުން ޗައިނާގެ އަސްކަރީ މުދާ އުފުލާ ބޯޓުތައް ޕާކިސްތާނުން އީރާނަށް ނުސްވި ޖޫން މަހުގެ 30 ވަނަ ދުވަހު ހުރަސް ކޮށްފައި ވެއެވެ.

Advertisement

Advertisement 1

މަސްދަރުތަކުން ބުނާ ގޮތުގައި ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ އެޗްކިއު-16 ގެ ދެ ބެޓެރީ އާއި ކުރު ރޭންޖް އެޗްކިއު-17އޭއީ ލޯންޗާތަކުގެ ބެޗެކެވެ.

ހުޅަނގުގެ މީޑިއާތަކުން ގެނެސްދިން ރިޕޯޓުތަކުގައި ވާގޮތުން ތެހެރާނުން ވަނީ ވަރަށް އަވަސް އަރުވާލައި ޗައިނާގެ ދިފާޢީ ސިސްޓަމްތައް ހޯދާފައެވެ. ސަބަބަކީ 13-24 ޖޫންގައި އިސްރާއީލުން އީރާނުގެ 100 އަށް ވުރެ ގިނަ އަމާޒު ތަކަށް ޙަމަލާދީ އީރާނުގެ ނިއުކްލިއާ ޕްރޮޖެކްޓު ދެތިން އަހަރަށް ފަހަތަށް ޖައްސާލުމާއި ގުޅިގެންނެވެ. އެމެރިކާ އާއި އިސްރާއީލުގެ ޙަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ނަތަންޒް އިން ފެށިގެން ބަންޑާރަ އައްބާސް އާއި ހަމައަށް އަދި އިސްފާހާންގެ ދެކުނުގައި ހުރި އެސް-300 ހުރިހާ ރާޑަރެއް ނުކުޅެދުންތެރިކޮށްލި ކަމަށް ހުޅަނގުގެ ރިޕޯޓްތައް ބުނެ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އީރާނުން ޝަހީދުވި މީހުންގެ އަދަދު 600 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެއާ ޑިފެންސްގެ އިސް އޮފިސަރުން ވެސް ހިމެނެ އެވެ.

އީރާނުން ވަނީ ޓެލްއަވީވް، ހައިފާ އަދި އައިޑީއެފްގެ މަރުކަޒުތަކަށް މެކް‐16 ހައިޕަރސޮނިކް މިސައިލްތައް ބޭނުންކޮށްގެން ޙަމަލާދީ މިއިން ދުވަހަކު އިސްރާއީލަށް ނުކިބޭހާ ގެއްލުންދީ އެމެރިކާ ވެސް ބިރުގަންނުވާލާފައެވެ.

ބެއިޖިން އިން އީރާނަށް ހަތިޔާރާއި އައްޑަނަ ފޯރުކޮށްދޭތީ އެމެރިކާ އާއި އީޔޫގެ އޮފިޝަލުން ދަނީ އެކަމުގައި ބައިވެރިވާ ޗައިނާގެ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރަމުންނެވެ.

މުޙައްލިލުން ފާހަގަކުރާ ގޮތުގައި އީރާނަށް "ޗައިނީސް ޝީލްޑެއް" ގެންދަނީ ރަޝިޔާއިން އެސް-400 ދޫކުރަން ފަސްޖެހުމާއި ގުޅިގެން، ބެއިޖިން އަކީ އެންމެ އަވަސް މަގު ކަމަށް ތެހެރާނުން ދެކޭތީއެވެ.

ޗައިނާއީރާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

7 ދުވަސް ކުރިން - 02:42