Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގުޅިފަޅު ގޯތިތަކުގެ އެއްބަސްވުމަށް ގެނެވުނީ ޤާނޫނީ ބަދަލު: ވަޒީރު ޑރ. މުއްޠަލިބް

ގުޅިފަޅު ގޯތިތަކުގެ އެއްބަސްވުމަށް ގެނެވުނީ ޤާނޫނީ ބަދަލު: ވަޒީރު ޑރ. މުއްޠަލިބް

އާނާ ފަހީމް
418 ދުވަސް ކުރިން - 7 ޖުލައި 2025 12:26
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް / ފޮޓޯ: މަޖިލިސް
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް / ފޮޓޯ: މަޖިލިސް
ޚުލާސާ

މީޑިއާތަކުގައި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ގެނެވުނީ "ނުރައްކާތެރި" ބަދަލުތަކެއްކަމަށް ބުނެ ޚަބަރު ފަތުރަމުންދާތީ މިއީ ޤާނޫނާއި އެއްގޮތް ކުރުމަށް ގެނެވުނު ބަދަލުތަކެއްކަމަށް ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވެއްޖެ.

ބިންވެރިޔާ ސްކީމުން ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނެވުނީ، ދައުލަތުން ހަދާ އެއްބަސްވުންތައް ޤާނޫނާއި ފުށުނާރާ ގޮތަށް ހުންނަންޖެހޭތީ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ބައެއް މީޑިއާތަކުގައި ގުޅީފަޅުން ދޫކުރާ ގޯއްޗާއެކު ހަދާ އެއްބަސްވުމުގައި "ނުރައްކާތެރި" ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ ޚަބަރުފަތުރަމުންދާ ދަނޑުވަޅެއްގައެވެ. މިކަމަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާގައި ބިމާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި ވަޒީރު ޑރ. މުއްތަލިބް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ، ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

ބިމާއި ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށްވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެއެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް މިހާރު އަލުން ކުރިއަށްގެންދަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.

އައު ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހައްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ވަނީ ހިމަނާފައެވެ.

ނިމުނު ސަރުކާރުގައި އެކުލަވައިލި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތިކަމަށް މި ސަރުކާރުން ވިދާޅުވެއެވެ. އަދި ގޯތިތަކުގެ ޕްލޮޓްތައް ކަނޑައެޅުމުގައި ނުހިންކާ އޮތް ސަރަޙައްދުތަކުންވެސް ގޯތި ކުރަހާފައިވާކަން ފާހަގަކުރެއެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވެއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

47 ދުވަސް ކުރިން - 14:14

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

116 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

123 ދުވަސް ކުރިން - 13:14

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

125 ދުވަސް ކުރިން - 18:45

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

128 ދުވަސް ކުރިން - 17:01

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

136 ދުވަސް ކުރިން - 17:04