Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެއްޖިންސުން ގުޅުން ހިންގަން ހިއްވަރުދޭ (ޔާޔާ) އުމުރަށް ޖަލަށް ލައިފި

އެއްޖިންސުން ގުޅުން ހިންގަން ހިއްވަރުދޭ (ޔާޔާ) އުމުރަށް ޖަލަށް ލައިފި

އާނާ ފަހީމް
338 ދުވަސް ކުރިން - 7 ޖުލައި 2025 12:35
އާންމުންގެ ނުރުހުން އަމާޒުވެފައިވާ މުހައްމަދު ނަބީލް (ޔާޔާ)
އާންމުންގެ ނުރުހުން އަމާޒުވެފައިވާ މުހައްމަދު ނަބީލް (ޔާޔާ)
ޚުލާސާ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގައި، އާންމުންގެ ނުރުހުން އަމާޒުވެފައިވާ ޔާޔާ އުމުރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފި.

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގައި، އާންމުންގެ ނުރުހުން އަމާޒުވެފައިވާ މުހައްމަދު ނަބީލް (ޔާޔާ) މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. މި ހުކުމްގައި އޭނާ 25 އަހަރަށް ޖަލަށް ލުމަށާއި، 100،000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ހިމެނެ އެވެ.

ޔާޔާ ނަބީލު އާއި ހދ. ކުޅުދުއްފުށީ/ބިޗާނާ، އާދަމް މުހައްމަދާއި ގުޅިގެން މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އޭރު އެ ދެމީހުން ތިބި މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކުއްޔަށްދޭ ކޮޓަރިއަކަށް ފުލުހުން ގޮސް ދޮރުގައި ޓަކި ޖެހުމުން ވެސް ނުހުޅުވުމުން ފުލުހުން ވަނީ ގަދަކަމުން ދޮރު ހުޅުވައިގެން ވަދެފަ އެވެ. އެ ގޭތެރެ ބެލި އިރު މަސްތުވާތަކެތި ފެނުނު މައްސަލައަކާއި، ޔާޔާގެ ގެ ކަމަށްވާ ގ. ކަމަރާ ގެއިން ވެސް ފުލުހުން ވަނީ މަސްތުވާތަކެތި ހޯދާފައެވެ.

ދައުވާގައިވާ ގޮތުން، މި ދެ މީހުން އެ ކޮޓަރިން ހައްޔަރުކޮށް ފާސްކުރި އިރު 20.7422 ގްރާމް ކެނަބިސް ފެނުނެވެ. އަދި މަސްތުވާތަކެތި ކިރުމަށް ބޭނުންކޮށް އުޅޭ ޒާތުގެ ދެ ކައްޓާ ވެސް އެ ތަނުން ފެނިފައިވެ އެވެ.

Advertisement

Advertisement 1

ޔާޔާ ވަނީ އޭނާގެ އަލަމާރީގެ ޝެލްފް ތެރޭގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ، އެކަމަށް އެއްބަސްވެފަ އެވެ. ފުލުހުން ޔާޔާގެ ގެއަށް ގޮސް އެ ކޮތަޅު ބެލިއިރު، ފިލްމު ހުސްކުރި އަށް ދަޅުގައި 231.3015 ގްރާމް ކެނަބިސް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުރި އަލަމާރީގެ ވަތްގަނޑުގައި އޮތް ފޮތި ކޮތަޅެއްގައި ވެސް މަސްތުވާތަކެތި ހުންނާނެ ކަމަށް ޔާޔާ ބުނުމުން، އެތަން ބެލި އިރު ފެނުނު ފިލްމު ހުސްކުރި ދަޅަކުން 25 ގްރާމަށް ވުރެ ގިނަ ކެނަބިސް ފެނިފައިވެ އެވެ. އަދި ހަމަ އެ ކޮތަޅުގެ ތެރެއިން ފެނުނު އެހެން ކޮތަޅަކުން ތިން ދަޅަކުން 85 ގްރާމަށް ވުރެ ގިނަ ކެނަބިސް ވަނީ ފެނިފަ އެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން އާދަމް މުހައްމަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ޔާޔާ ބުނީ، ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށާއި، އެއިން ވިޔަފާރި ނުކުރާ ކަމަށެވެ. އަދި އޭނާ ފުރަތަމަ ހައްޔަރުކުރި މއ. ބްލޫބްރައިޓްގެ އަކީ އޭނާ އުޅޭ ތަން ނޫން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ހެކި ވަޒަންކުރުމަށް ފަހު، ފަނޑިޔާރު މުހައްމަދު މިސްބާހް ކަނޑައެޅުއްވީ ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދެމީހުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ. އެހެންވެ، ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށާއި، ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އިއްޔެއިން ފެށިގެން 12 މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން ވެސް ޔާޔާ ވަނީ އެކި ފަހަރުމަތިން ހައްޔަރުކޮށްފަ އެވެ. ޓިކްޓޮކްގައި ބަރަހަނާވި މައްސަލާގައި 2022 ވަނަ އަހަރު، އޭނާ ވަނީ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. އެ ފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގެ ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގަ އެވެ.

ޓިކްޓޮކްކުށްކުރުންކްރިމިނަލް ކޯޓުމަސްތުވާތަކެތި
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

23 ގަޑިއިރު ކުރިން - 11:09

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

28 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

28 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

29 ދުވަސް ކުރިން - 00:06

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ބްލެކްމެއިލް ކުރި މީހަކު 6 އަހަރަށް ޖަލަށްލައިފި

29 ދުވަސް ކުރިން - 22:27