ހާފިޒުކަމުގެ ސަނަދު ހާސިލްކުރި ދެ ހާފިޒަކާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފި
އެ ބައްދަލުކުރެއްވުން މިއަދު ބޭއްވީ އިސްލާމިކް މިނިސްޓްރީގެ އޮފީހުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ބައްދަލުކުރައްވާފައި ވަނީ ނ. މާފަރު، ނިރު، އަލްހާފިޒު އާކިފު އަބްދުއްސައްތާރު އާއި ނ. ފޮއްދޫ، ޔާގޫތުގެ، އަލްހާފިޒު މުހައްމަދު އިޔާން އަލީ އާދަމްއާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރެއްވިކަމަށްޓަކާ މަރުހަބާ ދަންނަވައި އެ ދެ ކުދިންނަށް މިނިސްޓަރު ހިއްވަރުދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހާފިޒުންނަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވި ވެސް ކަމަށެވެ.