ޓީޗަރުންނާއި ދަރިވަރުންނަށް ގަނާކުރުމަށް ހިންގާ ޕޭޖުތައް ފުލުހުން ހުއްޓުވަނީ

އަހްމަދު އީޒާން | 2 ގަޑިއިރު ކުރިން - 6 ޖުލައި 2025 23:30
ޓީޗަރުންނާއި ދަރިވަރުންނަށް ގަނާކުރުމަށް ޝޯޝަލް މީޑިއާގައި ހިންގާ ޕޭޖުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައި.
ޓީޗަރުންނާއި ދަރިވަރުންނަށް ގަނާކުރުމަށް ޝޯޝަލް މީޑިއާގައި ހިންގާ ޕޭޖުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައި.
ޚުލާސާ

ފުލުހުން ބުނީ ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް.

ޓީޗަރުންނާއި ދަރިވަރުންނަށް ގަނާކުރުމަށް ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިންގާ ޕޭޖުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

އެއީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ސައިބާ ބުލީގެ ނުވަތަ ގަނާކުރުމަށް އަމަލުތައް އިތުރުވަމުން ދާތީ، އެކަން ހުއްޓުވުމަށް ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން އަޅާ ހާއްސަ ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފުތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ.

ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި، ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%