މާލޭގެ މަގުތަކަށް ފެން ފައިބާ މައްސަލައަށް ހައްލެއް ހޯދަން ސިޓީ ކައުންސިލުން ޚާއްސަ މަސައްކަތްތަކެއް ފަށައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 6 ޖުލައި 2025 17:36
ފޮޓޯ:  މާލެ ސިޓީ ކައުންސިލް
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

ސިޓީ ކައުންސިލްގެ ޚައްސަ ޔުނިޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެގެގެ މަގުތަކަށް ޢިމާރާތްތަކުން ފެންފައިބާ މައްސަލަ ހައްލުކުރުމަށް، މި އަހަރު ނިމުމުގެ ކުރިން މަސައްކަތްތަކެއް ފަށަން ނިންމައިފި.

މާލެ ސިޓީގެ ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މައްސަލަ، މި އަހަރު ނިމުމުގެ ކުރިން ހައްލުކުރުމަށް، ޚާއްޞަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. 

މޭޔަރ ވިދާޅުވީ، މާލެ ސިޓީގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މާލޭގެ ބައެއް ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މަސައްލަ ހައްލުކުރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާތަނަށް ބުރުޒު މަގުގެ ބައެއް ޢިމާރާތްތަކުން މަގަށް ފެންފައިބާ މައްސަލަ އެއްކޮށް ނިންމާލެވިފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

https://malecity.gov.mv/news/668

މިކަމާއި ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޟް ވިދާޅުވީ، ބުރުޒު މަގަށް ފެންފައިބާ 40 ޢިމާރާތަކަށް އެ ޔުނިޓުން ވަޑައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، 22 ޢިމާރާތަކުން މަގަށް ފެންފައިބަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ބުރުޒު މަގުން ހައްލު ނުކުރެވި ހުރި، 28 ގެއެއްގެ މައްސަލައަށް ހައްލު ކޮށްދިނުމަށް އެދި، އެ ޢިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް މީކާއީލް ވިދާޅިވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ނިޔަލަށް، މާލެ ސިޓީގެ މަގުތަކަށް ފެން ފައިބަމުން އަންނަ ހުރިހައި ޢިމާރާތްތަކަށް ގޮސް، އެ ތަންތަނުގެ ވެރިން ނުވަތަ އެ ތަންތަން ބޭނުން ކުރައްވާ ފަރާތްތަކާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުން. މި މަސައްކަތް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުން. މި މި މައްސަލަ އަވަހަށް ނިމުން ބިނާވާނީ ވެސް ރައްޔިތުން ދެއްވާ އެއްބާރުލުމަށް. މިހާރު ވެސް އެ އެއްބާރުލުން ދެއްވާކަން ފާހަގަކުރަން" މީކާއީލް ވިދާޅުވިއެވެ. .

މޭޔަރ ޢާޒިމް ފާހަގަކުރެއްވީ، މި މަސައްކަތަކީ މާލެ ސިޓީގެ މަގުތައް، ހިތް ފަސޭހަ މަގުތަކަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އެއް މަސައްކަތްކަމެވެ. އަދި މިކަން ޙާޞިލް ކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އެ ރައްޔިތުން ވެސް ޒިންމާތަކެއް ނަންގަވައިގެން ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%