Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެފްއޭއެމްގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދޭނަން: ޠާރިޤް

އެފްއޭއެމްގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދޭނަން: ޠާރިޤް

އާނާ ފަހީމް
339 ދުވަސް ކުރިން - 6 ޖުލައި 2025 17:42
މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް ފޮޓޯ: ޕީއެސްއެމް
މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ފުޓްބޯޅަ އޮތް އަޑިގަނޑުން ނަގައި، އެފްއޭއެމަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައި އިދާރީ ހަރުދަނާކަން ކަށަވަރުކޮށް، ސަރަހައްދީ ފެންވަރުގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ޠާރިޤް ވިދާޅުވެއްޖެ.

ރާއްޖޭގެ ފުޓްބޯޅަ އޮތް އަޑިގަނޑުން ނަގާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް، އެފްއޭއެމްގެ ރައީސް ކަމަށް މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް ކުރިމަތިލައްވައިފިއެވެ.

މިމަހުގެ 26 ގައި އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާއި ބައްދަލުކުރައްވައި ޠާރިޤް ވިދާޅުވީ، އިންތިހާބަށް ނިކުންނެވީ އެފްއޭއެމް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި އައު އެގްޒެކެޓިވް ކޮމިޓީއެއް އެކުލަވާލައި، ކަންކަން ރަނގަޅު ކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އަހަރެއްހާ ދުވަހުގެތެރޭގައި ނޯމަލް ޕްރޮސެސްއަށް އެފްއޭއެމް ގެންދެވޭނެ ކަމަށް. އޭގެ ތެރޭގައި ފައިނޭޝަލީ ކަންތައްތައްވެސް އަދި މުބާރާތްތައްވެސް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ގޮތަށް ތަރުތީބު ކުރުން އެއީ އަޅުގަނޑުމެންގެ އުންމީދަކީ." ޠާރިޤް ވިދާޅުވިއެވެ.

Advertisement

Advertisement 1

މިފަހަރު އޭނާއަށް ތާއީދު ނުލިބުނު ކުލަބުތަކުންވެސް ތާއީދު ލިބުނީ، އެ ކުލަބުތަކުންވެސް ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާތީ ކަމަށް ޠާރިޤް ގަބޫލުކުރައްވައެވެ. މީގެކުރިން ފީފާއިން އިއުތިރާޒުކުރި އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހިމަނަންޖެހޭ މާއްދާތަކުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޠާރިޤް ވިދާޅުވީ، މީގެ ކުރިންވެސް ފުޓްބޯޅަ އެސޯސިއޭޝަނަށް ޒޯންތަކެއް ހަދައި އެސޯސިއޭޝަންތަކެއް ހެދުމުގެ މަސައްކަތްތައް ތަންފީޒު ނުކުރެވި އޮތުމުން، ފީފާއިން އެދުނީ އެތަންތަން ހެދުމަށްފަހު ހުއްދައަށް އެދުމަށެވެ.

ޠާރިޤް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިޔަށްދާނީ ރީޖަނަލް އެސޯސިއޭޝަންތައް ހެދިގެން، ހަތަރު ރީޖަނުގެ ޓީމުތަކުން އައިސް އެފްއޭއެމްގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށް ކަމަށެވެ.

މިދިޔަ އަހަރު ދެފަހަރުވެސް އިންތިހާބު ގެންދަންޖެހޭ ގޮތަށް ޕްރޮސެސްތައް ނުގެންދިއުމުން ފީފާއިން އިންތިހާބު ހުއްޓުވިކަން ފާހަގަ ކުރައްވައި ޠާރިޤް ވިދާޅުވީ، މިފަހަރު އެއްވެސް އުނދަގުލެއް ނެތި އިންތިހާބުގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެފްއޭއެމްގެ މެންބަރުންގެ ގޮތުގައިވާ ޖުމްލަ 23 ކުލަބުގެ ތާއީދު ސިޓީއާއިއެކު ކުރިމަތިލެއްވުމުން، އޭނާ އާއި ވާދަކުރަން ޝަރުތު ހަމަވާނެ އިތުރު ކެންޑިޑޭޓެއް ނުހުންނާނެކަމަށް ޠާރިޤް ފާހަގަ ކުރެއްވިއެވެ.

އެފްއޭއެމް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

7 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

97 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

100 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

101 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

130 ދުވަސް ކުރިން - 10:22

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18