އެމެރިކާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ ޢަދަދު 51 އަށް އަރައިފިއެވެ.
މެދުތެރޭ ޓެކްސަސްއަށް ބޯކޮށް ވާރޭ ވެހި ކޯރުތައް ބަންޑުންވެ ހިނގި ނުރައްކާތެރި ހާސިސާގައި 15 ކުޑަކުދިން ހިމެނޭ ގޮތަށް 51 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ މެދުނުކެނޑި ކުރިޔަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ގެއްލިފައިވާ މީހުންގެ ތެރޭގައި ގުއަޑަލޫޕް ކޯރުގެ އައްސޭރީގައި އޮންނަ ކްރިސްޓިއަން ސަމަރ ކޭމްޕެއް ކަމަށްވާ ކޭމްޕް މިސްޓިކްގެ 27 ޒުވާން އަންހެން ކުދިން ވެސް ހިމެނެއެވެ.
ވިއްސާރައިގެ ސަބަބުން ކޯރުގެ ފެންގަނޑު 26 ފޫޓަށް ވުރެ މައްޗަށް އުފުލިގެން ދިޔައީ އެންމެ 45 މިނެޓުގެ ތެރޭގައި ކަމަށާއި، އެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ވެސް ވަގުތެއް ނުލިބުނު ކަމަށް މޫސުމީ ގެއްލުންތައް މޮނިޓަރކުރާ ފަރާތުން ބުނެފައި ވެއެވެ.
މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުތަކާއި ޑްރޯންތަކާއި އެތައް ސަތޭކަ މީހުންނާއެކު މަސައްކަތްތައް ކުރިއަށް އެބަދެއެވެ.