ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް މާންދޫ އިން ގަމަށް އަރާ ބެންޑްގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
މި ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ޙާދިސާގައި ސައިކަލުގައި ދަތުރުކުރި ދެމީހުންނަށް އަނިޔާވެގެން ފަރުވާދިނުމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









