Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައި އިޝްތިހާރުކުރަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައި އިޝްތިހާރުކުރަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފި

އާނާ ފަހީމް
339 ދުވަސް ކުރިން - 6 ޖުލައި 2025 14:50
އެމްއެމްޕީއާރުސީއާ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީއާ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ސެގްމަންޓްތަކުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން އިނގިރޭސިވިލާތުގެ ހައިކޮމިޝަނާއެކު މަޝްވަރާތަކޮށްފި.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އެމްއެމްޕީއާރުސީއާއި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

Advertisement

Advertisement 1

އެމްއެމްޕީއާރުސީން ވިދާޅުވިގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ސެގްމަންޓްތަކުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަރަށް ތަފްޞީލީ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ވަރަށް މުހިންމު ޤައުމެކެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތަކުގެ ތެރެއިން 3 ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ޤައުމުން ރާއްޖެއަށް 108،371 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ އަހަރު އިނގިރޭސިވިލާތަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

އެމްއެމްޕީއާރުސީން ދަނީ އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންނެވެ. އެގޮތުން އެކިއެކި ރޯޑްޝޯތަކާއި، ކެންޕެއިންތަކާއި، ފެއަރތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެމްޕީއާރުސީއިނގިރޭސިވިލާތްފަތުރުވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

21 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

31 ދުވަސް ކުރިން - 17:52

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

36 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

37 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

39 ދުވަސް ކުރިން - 13:26