Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖީއެމްއާރު ޑީލް ދިފާއުކުރައްވައި ރާއްޖޭގެ އެހެން އެއާޕޯޓްތައް އެމްޑީޕީގެ ވެރިކަމެއްގައި ވިއްކާނެ ކަމުގެ އިޝާރާތެއް ދެއްވައިފި

ޖީއެމްއާރު ޑީލް ދިފާއުކުރައްވައި ރާއްޖޭގެ އެހެން އެއާޕޯޓްތައް އެމްޑީޕީގެ ވެރިކަމެއްގައި ވިއްކާނެ ކަމުގެ އިޝާރާތެއް ދެއްވައިފި

ހުސައިން އިސްމާއިލް
380 ދުވަސް ކުރިން - 6 ޖުލައި 2025 07:51
ކުރީގެ ރައީސް މުޙައްމަދު ނަޝީދު - އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއާޕޯޓުތައް ޕްރައިވެޓައިޒް ކުރުން / ފޮޓޯ: ސަން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު - އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއާޕޯޓުތައް ޕްރައިވެޓައިޒް ކުރުން / ފޮޓޯ: ސަން
ޚުލާސާ

ރައީސް ނަޝީދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ބީލަމަށް ލާން ފެންނަ ކަމަށް. ނަޝީދުގެ ވިސްނުންފުޅު ހުރީ އެއާޕޯޓުތައް ހިންގަން ބޭރުގެ ކުންފުނިތަކާއި ޙަވާލުކުރުން.

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި 2010 ވަނަ އަހަރު ޙަވާލުކުރިކުރުން ދިފާއުކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި އަނެއްކާވެސް އެއާޕޯޓްތައް ޕްރައިވެޓައިޒް ކުރުމަށް ބަލާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުކުރުދުވަހުގެރޭ ދެއްވައިފިއެވެ

ނަޝީދުގެ ވިސްނުންފުޅު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމެވެ. އަދި ރާއްޖޭގެ އެހެނިހެން އެއާޕޯޓުތައްވެސް ކުއްޔަށް ދިނުމެވެ. އެގޮތުން ރާއްޖެޓީވީގެ “ހަބަރު” ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް "އެންމެ ފައިދާހުރި" ޕްލޭނަކީ ސޮވަރިން ލޯނު ނެގުމަށް ވުރެ އޯޕަން ޓެންޑަރެއް ކަމަށެވެ. މާނައަކީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ހުޅުވާލައިގެން ބީލަމަށް ލައިގެން އެއާޕޯޓް ބޭރުގެ ބަޔަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދިނުމެވެ.

ނަޝީދު ވިދާޅުވިއެވެ. "ލޯނުތައް ދައްކަން މަސައްކަތް ކުރުމަށް ވުރެ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްޗެއް ކުއްޔަށް ދީގެން ފައިސާ ހޯދައިދެވޭނަމަ ރާއްޖެއަށް ލިބޭ ފައިދާ ބޮޑުވާނެ" އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޑިއާގެ އަދާނީގްރޫޕާއި ހަވާލުކުރުމަށް މި ސަރުކާރުން ސިންގަޕޫރުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތައް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދުސައީދު ދޮގުކުރެއްވިތާ ގަޑިއެއްހާއިރު ފަހުންނެވެ. "އެވާހަކަތަކަކީ ދޮގު ވާހަކަތަކެއް،" ސިންގަޕޫރުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement 1

ނަޝީދުގެ ވެރިކަމުގައި ކުޅެފައިވާ ޖީއެމްއާރު އެޕިސޯޑުން އަދިވެސް އޭވިއޭޝަން ޕޮލިސީއަށް ހިޔަނި އެޅެއެވެ. 25 އަހަރަށް ވެލާނާ އިންޓަރނޭބަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކައިލީ ނަޝީދު އިސްވެ ހުންނަވައެވެ. ނަމަވެސް ނަޝީދުގެ އޭރުގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލުވެ، އާބިޓްރޭޝަނަށް ފަހު ދައުލަތުން 2016 ވަނަ އަހަރު ބަދަލުގެ ގޮތުގައި 271 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާއަށް ދޭން ޖެހުނެވެ. ޖީއެމްއާރު އެއްބަސްވުން ހެދީ އެއާޕޯޓު ތަރައްގީކުރާކަށް ނޫނެވެ، ދިވެހި ސަރުކާރުން ހަދައި ނިންމައި، ފައިދާގައި ހިންގަމުން ދިޔަ އެއާޕޯޓެއް ރާއްޖއަށް ގެއްލުންވާ ގޮތަށް އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރަށް ދިނީ އޭރުގެ އެމްޑީޕީގެ މަތީފަންތީގެ ވެރީންނަށް ބޮޑެތި ފައިދާތަކާއި އެކުގައި ކަމަށް ތުހުމަތު ކުރެވުނެވެ. މި ދިންދިނުމުގައި އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ވެސް އިންޑިއާގެ ބެލުމުގެ ދަށަށް ޖީއެމްއާރަށް ދިނެވެ. ދިވެހިންގެ ހުރިހާ ކޮންޓްރޯލެއް ގެއްލުނެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި އެ ކޮންޓްރެކްޓް އުވާލުމަކީ ގޯހެއް ކަމަށާއި ރާއްޖެއަށް ފައިދާ ބޮޑުވާނީ ހަނިމާދޫ އެއާޕޯޓުވެސް ކުއްޔަށް ދީގެންނެވެ. އެ އެއާޕޯޓު ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ބީލަމަށް ލުމަށް ހުޅުވައިލާން ނަޝީދު ގޮވައިލެއްވިއިރު މިހާރުވެސް އެހެރީ ހަނިމާދޫގެ ބްރިކްސް އެންޑް މޯޓަރ މަސައްކަތް އެކްސިމް-އިންޑިއާ ލައިން އޮފް ކްރެޑިޓެއްގެ ދަށުން 88.7 ޕަސެންޓް ނިމިފައެވެ. 2.7 ކިލޯމީޓަރުގެ ރަންވޭ ނިމި، ޕެސެންޖަރ ޓާމިނަލް 83 ޕަސެންޓް ނިމި، ކޮންޓްރޯލް ޓަވަރާއި ކާގޯ ކޮމްޕްލެކްސް އަދި ފިއުލް ފާމް ހަވާލުކުރުމާއި ގާތްވެފައެވެ.

136 މިލިއަން އެމެރިކާ ޑޮލަރުގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ސެޕްޓެމްބަރު މަހު ސަރުކާރާއި ޙަވާލުކުރުމުގެ މަސައްކަތް ޕްލޭން ކޮށްފައިވާއިރު، ނަޝީދުގެ ވިސްނުންގުޅަކީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން ރާއްޖޭގެ ެއާޕޯޓުތައް ހިންގުން ހުއްޓާލުމެވެ. ނަޝީދު ޤަބޫލުކުރައްވަނީ އެއާޕޯޓުތައް ޕްރައިވެޓައިޒް ކުރުމުން ދައުލަތަށް މާ ފައިދާ ވާނެ ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ތަންތަން ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ދިނުމަށް ޑީލްތައް ހަދާކަން ފާހަގަ ކުރެވެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްރައީސް މުޙައްމަދު ނަޝީދު
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކަޓް

380 ދުވަސް ކުރިން - 08:41

ކަޓުނަގަން ކުރާ ކަމެއް

ގުޅޭ ޚަބަރުތައް

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

16 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

34 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

48 ދުވަސް ކުރިން - 18:13

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

52 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

57 ދުވަސް ކުރިން - 13:16