Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޚާމަނާއީ ލޮލަށް ނުފެންނަތާ 22 ދުވަސް، މަރާއި ގުޅޭގޮތުން ކުރެވޭ ޝައްކުތަކުގެ ޙަޤީޤަތް!

ޚާމަނާއީ ލޮލަށް ނުފެންނަތާ 22 ދުވަސް، މަރާއި ގުޅޭގޮތުން ކުރެވޭ ޝައްކުތަކުގެ ޙަޤީޤަތް!

ހުސައިން އިސްމާއިލް
431 ދުވަސް ކުރިން - 5 ޖުލައި 2025 16:02
އާޔަތުالله ޢަލީ ޚާމަނާއީ ތެހެރާނުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި: މިއީ 2014 ވަނަ އަހަރުގެ ފޮޓޯއެއް.
އާޔަތުالله ޢަލީ ޚާމަނާއީ ތެހެރާނުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި: މިއީ 2014 ވަނަ އަހަރުގެ ފޮޓޯއެއް.
ޚުލާސާ

\މަސްދަރުތަކުން އެނގޭ ގޮތުގައި މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ޚާމަނާއީ އުޅުއްވަނީ ސެކިއުރިޓީންނަށް ފިއްލަވައިގެން ތެހެރާން ކައިރީގައި ހުރި ބިންގަރާހެއްގަ.

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ މަރުވެއްޖެ ކަމަށް ޝައްކު އުފެދޭ ގޮތަށް ޚަބަރުތައް ފެތުރި އީރާނުގެ ތެރޭގައި ވެސް އެވާހަކަތައް އެކި ސިފަސިފާގައި އެބަ ދެކެވެއެވެ. ސޯޝަލްމީޑިއާގައިވެސް މިފަދަ ޝައްކު އުފެދޭ ފޮޓޯއާއި ވާހަކަތައް ދެކެވެއެވެ. ނަމަވެސް އެ ވާހަކަތަކަށް ތާއީދުކުރާ އެއްވެސް ހެއްކެއް މިހާތަނަށް ބައިނަލްއަޤްވާމީ އެއްވެސް މަސްދަރަކުން ހާމައެއް ނުކުރެއެވެ. މީގެތެރެއިން އެއް ފޮޓޯއަކީ އިސްރާއީލުން އޭނާ މަރާލައިފި ކަމަށް ބުނެ ސުވާލު އުފެއްދުމަށް ނެރެގެން އުޅޭ ފޮޓޯއެކެވެ. ނަމަވެސް ޙަޤީޤަތުގައި އެ ފޮޓޯ އަކީ ޚާމަނާއީގެ އޮޕަރޭޝަނަކަށް 2014 ވަނަ އަހަރުގެ އޮކްޓޯބަރުގައި ތެހެރާނުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮއްވާ ނަގާފައިވާ ފޮޓޯއެކެވެ.

ޚާމަނާއީ މަރައިލުމަށް އިސްރާއީލުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ވެއެވެ. އިސްރާއީލްގެ މޮސާޑުން ވަނީ ޚާމަނާއީއާއި ގުޅުން އޮތް މީހުންތަކެއްވެސް އެތައް މިލިއަން ޑޮލަރަކާއި އިނާޔަތެއް ދީ ގަނެލާފައި ކަމަށް ނުރަސްމީ މަސްދަރުތައް ބުނެއެވެ. ނަމަވެސް ޚާމަނާއީ އެއަށްވުރެ ހުޝިޔާރެވެ.

ޚާމަނާއީ މަރުވެއްޖެ ކަމަށް ދޭހަވާ ގޮތަށް ޝައްކުތައް އިތުރުވީ ދާދި ފަހުން އެމެރިކާއިންނާއި އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކާއި މި އަހަރުގެ ޖޫން 13 އިން ފެށިގެން އިސްރާއީލާއި އީރާނުގެ ވަރުގަދަ ޙަމަލާބަދަލުވުންތަކަށްފަހު ޚާމަނާއީ “ގެއްލިފައި”ވާތީއެވެ. އެ ޙަމަލާތަކަށް ފަހު އެއްވެސް ވަރަކަށް ޢާންމުންނަކަށް ޚާމަނާއީ ފެނިފައެއް ނުވެއެވެ.. އޭގެފަހުން މިހާރު 22 ދުވަސް ވެއްޖެއެވެ.

Advertisement

Advertisement 1

ރޮއިޓާސް އިން ސަލާމަތީ މަސްދަރަކާއި ހަވާލާދީ ކަށަވަރުކޮށްދޭ ގޮތުގައި ޚާމަނާއީ މިވަގުތު ހުންނެވީ ސިއްރު ތަނެއްގައެވެ. އަދި ޖޫން 13 އިން ފެށިގެން ގައުމީ ސަލާމަތާ ބެހޭ ގޮތުން އޭނާއަށް މެދުނުކެނޑި މައުލޫމާތު ލިބެމުންދެއެވެ.

އަނެއްކޮޅުން އެމެރިކާއާއި އިސްރާއީލަށް އޭނާ ދިރިއުޅޭ ބިންގަރާސް އެނގިފައިވާ ކަމަށާއި، ނަމަވެސް އޭނާ ވަނީ ހަށިފާރަވެރިންނަށްވެސް ފިލާފައި ކަމަށް ޚަބަރުތައް ބުނެއެވެ. އެމެރިކާއިން ބުނަނީ ޚާމަނާއީ މަރައިލުމަށަ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން ބުނީ ޚާމަނާއީ މަރައިލުމަށް މަސައްކަތް ކުރި ކަމަށާއި، އޭނާ މަރައިނުލެވުނީ ޕާސަނަލްބޮޑީގާޑުންނަށް ފިލައިގެން މުޅީން އެކަހެރިވެގަތުމުންނެވެ.

ނުރަސްމީ ބައެއް ވެބްސައިޓްތަކުގައި ޚާމަނާއީ އަށް ވަރަށް ބޮޑު އަނިޔާއެއް ލިބި ކޯމާގައި އޮތްކަމަށް ވެސް ބުނެއެވެ. ނަމަވެސް އެވާހަކަތައް ފުށުއަރައެވެ. ސަބަބަކީ ޖޫން މަހުގެ 26 ވަނަ ދުވަހު ޚާމަނާއީގެ އިންޓަވިއުއެއްގެ ރެކޯޑިން އެޤައުމުގެ ޤައުމީ ޓީވީން ދުރަށް ދައްކާފައިވާތީއެވެ. އަދި އެ އިންޓަވިއުގައި ވަނީ މިފަހުން ބަދަލުކުރި ޙަމަލަތަކާއި، އެމެރިކާއާއި އިސްރާއީލަކަށް އީރާން ބަލި ނުކުރެވުނު ކަމާއި، އީރާނަށް ލިބުނު ކާމިޔާބީގެ ވާހަކަތަކެވެ.

ވީމާ، މަސްދަރުތަކުން އެނގޭ ގޮތުގައި ޚާމަނާއީ ދިރިހުރިކަން ގަބޫލުކުރެވެއެވެ. އަދި ހުސްވި މަހުގެ މެދުތެރެއިން ފެށިގެން އޭނާ ޢާންމުންނަށް ފިލައިގެން ތެހެރާން ކައިރީގައި ހުރި ބިންގަރާހެއްގައި އުޅެނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވެއެވެ.

ރިޕޯޯޓްއީރާން
Advertisement
Advertisement

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

7 ދުވަސް ކުރިން - 02:42

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37