މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ކުރުމުގެ މަޤުޞަދުގައި ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފައިވާ ކަމަށާއި އެ ނަންބަރަކީ 7333654 ކަމަށެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ ނަންބަރަށް ވައިބަރ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އަކީ ރާއްޖޭގައި ލޭ ނެގުމާއި، ލޭ ދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒެވެ.
އެ އިދާރާގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ވަނީ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެ ސަރވިސަސް ހުޅުވިފައި ހުންނަ ގަޑިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 08:00 އިން ރޭގަނޑު 9:00 އަށް ބަދަލުކޮށްފައެވެ.