Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: މޯލްޑިވިއަން ބްލަޑް ސާވިސަސް

ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: މޯލްޑިވިއަން ބްލަޑް ސާވިސަސް

އައިޝަތު ރުވާ ރިފްޢަތު
127 ދުވަސް ކުރިން - 25 އޭޕްރިލް 2026 00:49
ބްލަޑް ސާވިސްގައި ހުންނަ ބްލަޑް ބޭންކް ފްރީޒަރެއް---
ބްލަޑް ސާވިސްގައި ހުންނަ ބްލަޑް ބޭންކް ފްރީޒަރެއް---
ޚުލާސާ

އެމްބީއެސް އިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ އެލާޓް ލިބުމާއެކު ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ސްޓޭންޑް-ބައި ފްރީޒަރަކަށް ބަދަލުކުރިކަމަށް.

ތެލަސީމިއާ ކުދިންނަށް ކުނިވެފައި ނުވަތަ ތަގައްޔަރުވެފައިވާ ލޭ އަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކާއި މަންސަތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ބުނެފި އެވެ.

މިކަމާ ގުޅިގެން އެމް.ބީ.އެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، 19 އޭޕްރިލް 2026 ވާ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ހިދުމަތް ނިންމައި މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރާ ފްރީޒަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. މި މައްސަލަ ފާހަގަކުރެވުނީ އެރޭ 23:21 ހާއިރު ފްރީޒަރުގެ ފިނިހޫނުމިން މޮނިޓާ ކުރާ އެލާޓް ސިސްޓަމުން މެސެޖް ލިބުމާ ގުޅިގެންނެވެ.

އެލާޓް ލިބުމާއެކު އެމް.ބީ.އެސްގެ ތިން މުވައްޒަފަކު ވަގުތުން މަރުކަޒަށް ހާޒިރުވެ، ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ވަނީ ސްޓޭންޑް-ބައި ފްރީޒަރަކަށް ބަދަލުކޮށްފަ އެވެ. އެމް.ބީ.އެސް އިން ހާމަކުރި ގޮތުގައި، ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް އަރާފައިވީ ނަމަވެސް، ސިއްހީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިނުވާ ގޮތަށް 24 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެ އެވެ. އެހެންކަމުން، އެ ދުވަހު އަޅާފައިވާ ލެޔަކީ ކުނިވެފައި ނުވަތަ ތަގައްޔަރުވެފައިވާ ލެޔެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން އަރުވަ އެވެ.

Advertisement

Advertisement 1

ނަމަވެސް، މި ހާދިސާއާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، އޭޕްރިލް 20 ވީ ހޯމަ ދުވަހުގެ ހެނދުނު، ތެލަސީމިއާ ސެންޓަރުގައި ތިބި ތިން މީހަކަށް އެ ލޭ އަޅާފައިވާކަން ހެނދުނު 09:30 ހާއިރު ވަނީ ފާހަގަކުރެވިފަ އެވެ. އެމް.ބީ.އެސް އިން ބުނީ ލޭ އަޅާފައިވަނީ އެކަން ފާހަގަވުމުގެ ކުރިން ކަމަށާއި، އެކަން އެނގުމާއެކު އެ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މި ކަމުގައި އިހުމާލެއް ވެފައިވޭތޯ ބެލުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މިހާރު ވަނީ ތަހުގީގު ޓީމެއް އެކުލަވާލައި ތަހުގީގު ފަށާފަ އެވެ. މިގޮތުން، ލޭ އެޅުމުގެ ކުރިން ދޭންޖެހޭ މައުލޫމާތު ދިނުމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު، ތަހުގީގުގެ ބޭނުމަށް 23 އޭޕްރިލް އިން ފެށިގެން އޮފީހަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އިތުރަށް ބުނީ، މިފަދަ ހާދިސާތަކުގައި ކަންކަން ކުރިއަށްދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިދާރާގެ އެންމެ އިސް މަގްސަދު ކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

13 ދުވަސް ކުރިން - 16:00

މާލޭގެ ގެޔެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ގެޔެއްގެ ތެރެއިން،މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

169 ދުވަސް ކުރިން - 15:27

ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ޑީއެންއޭ ޓެސްޓް ހެދޭ ލެބޯރެޓަރީއެއް ހުޅުވައިފި

ތެލަސީމިއާ ޑީއެންއޭ ޓެސްޓް ހެދޭ ލެބޯރެޓަރީއެއް ހުޅުވައިފި

202 ދުވަސް ކުރިން - 20:15

އެމްއޭސީއެލް އިން އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ދެ ދުވަހުގެ ކޭމްޕެއް ފަށައިފި

އެމްއޭސީއެލް އިން އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ކޭމްޕެއް

210 ދުވަސް ކުރިން - 21:32

އެމްއޭސީއެލްގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކެމްޕޭނެއް

އެމްއޭސީއެލްއިން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކެމްޕޭނެއް

212 ދުވަސް ކުރިން - 13:35

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފި

އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރަނީ

215 ދުވަސް ކުރިން - 22:12