އެމްއޭސީއެލް އިން އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ދެ ދުވަހުގެ ކޭމްޕެއް ފަށައިފި

މުހައްމަދު ޖަމްޝަތު | 8 ދުވަސް ކުރިން - 31 ޖެނުއަރީ 2026 21:32
ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމަށް އެމްއޭސީއެލް އިން މިއަދު ވަނީ ކޭމްޕެއް ފަށާފަ---ފޮޓޯ:އެމްއޭސީއެލް
ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމަށް އެމްއޭސީއެލް އިން މިއަދު ވަނީ ކޭމްޕެއް ފަށާފަ---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

އެމްއޭސީއެލް އިން މި ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަށް ހުޅުވާލައިގެން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފި އެވެ.

ހުޅުލޭގައި ހުންނަ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު އެވެ. އެ ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބައިވެރިވެފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެން ކަމަށެވެ. މީގެ މަގުސަދަކީ ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%