ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް﴾ގެ ޔޫއެސްޑީ ކާޑުތަކުން ޕޭޕަލްގައި މުޢާމަލާތް ނުކުރެވޭ ކަމަށް ފެތުރެނީ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރެކެވެ.
ކުދި ވިޔަފާރިތަކުން ފެށިގެން ވެސް ކަށަވަރުކޮށްދޭ ގޮތުގައި ޔޫއެސްޑީ ފައިސާގެ ބީއެމްއެލް ކާޑުތަކުން ޕޭޕަލް މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރެވެމުންދެއެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަކަރާއި ހީލަތް ހުއްޓުވުމަށް ބީއެމްއެލްއިން ވަގުތީ ގޮތުން ޕޭޕަލް މާޗަންޓުން ބްލޮކްކުރިއެވެ. ނަމަވެސް އެފަހަރު އެކަން ވަރަށް އަވަހަށް ނިމުމަކަށް ގެނެސްފައިވެއެވެ. އެއަށްފަހު މިހާތަނަށް ޤައުމީ ބޭންކުން އެ ނިންމުމަށް ބަދަލެއް ނުގެނެއެވެ.
ބީއެމްއެލް ޔޫއެސްޑީ ކާޑުތައް ޕޭޕަލްއަށް މިއަދުވެސް މަސައްކަތްކުރާ ކަމަށް އެ ޚިދުމަތް ހޯދާ ފަރާތްތަކުން ކަށަވަރު ކުރެއެވެ.
ކުރުކޮށް ބުނާނަމަ، ބީއެމްއެލްއިން ޕޭޕަލްގައި ޔޫއެސްޑީ ކާޑު ބްލޮކްކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ނެތެވެ.