އުތުރަށް މޫސުން ގޯސް! ވައިޓް އެލާޓް ނެރެފި

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 3 ޖުލައި 2025 16:41
ވިއްސާރަ ދުވަހެއްގައި އެމްޓީސީސީ ފެރީއެއް މާލެ ކައިރިން ދަތުރުކުރަނީ / ފޮޓޯ: ޚުލާސާ
ވިއްސާރަ ދުވަހެއްގައި އެމްޓީސީސީ ފެރީއެއް މާލެ ކައިރިން ދަތުރުކުރަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

އުތުރުގެ ރަށްރަށަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ.

ރާއްޖޭގެ އުތުރުގެ ރަށްރަށަށް މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި އެވެ. 

މެޓް އޮފީހުން ބުނީ މިއަދު މެންދުރު ފަހު 3:45 އިން މިރޭ 8:00 އާ ހަމައަށް, އުތުރުގެ ހުރިހާ އަތޮޅަކަށް ބޯކޮށް ވާރޭވެހި, ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މިރެ އާއި މާދަމާ ވެސް އުތުރުގެ ރަށްރަށަށް ވިއްސާކުރާނެ ކަމަށް ލަފާކުރެވެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%