ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އިސްލާމީ ކުތުބުހާނާ މި މަހު 12 ގައި ހުޅުވަނީ

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 3 ޖުލައި 2025 15:27
ސަލްމާން މިސްކިތުގެ އިސްލާމީ ކުތުބުހާނާ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަލްމާން މިސްކިތުގެ އިސްލާމީ ކުތުބުހާނާ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15,000 ފޮތާއެކުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި.

ސަލްމާން މިސްކިތުގައި ހަދަމުން އަންނަ އިސްލާމީ ކުތުބުހާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކުރުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ ކުތުބުހާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކުރުމަށް ވާންޖެހޭ ތައްޔާތީތަކާ ގުޅޭ ގޮތުން މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15,000 ފޮތާއެކުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައި ހުރި އަދި މިހާރު އިމާރާތްކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވެފައި ވަނީ ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓަރު ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމުކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަންތަނަށް 60,000 ފޮތް ލިބޭނެ ކަަމަށް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%