އެމްއެމްއޭ އިން 35 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 2 ޖުލައި 2025 13:13
އެމްއެމްއޭގެ މައި އިދާރާ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
އެމްއެމްއޭގެ މައި އިދާރާ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ސްކޮލަޝިޕްތަކަށް އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމިކް ފައިނޭންސް ދާއިރާއިން 35 ސްކޮލާޝިޕް ފުރުސަތަށް އިއްޔެ ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން ބުނީ މިއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް, އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް"ގެ ދަށުން ދޭ ސްކޮލަޝިލްތަކެއް ކަމަށެވެ. އަދި މި ސްކޮލަަޝިޕް ޕްރޮގްރާމްގެ މަގުސަދަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ސްކޮލަޝިޕްތަކަށް އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

އެމްއެމްއޭ އިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ކަމަށެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%