Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާއާއި ކުރިމަތިލާން އެމެރިކާ ބިރުގަނޭ!

ޗައިނާއާއި ކުރިމަތިލާން އެމެރިކާ ބިރުގަނޭ!

ޖަވާދު
434 ދުވަސް ކުރިން - 2 ޖުލައި 2025 11:11
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ތައްޔާރެއް ނޫން. / ފޮޓޯ: އިމޭޖް
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ތައްޔާރެއް ނޫން. / ފޮޓޯ: އިމޭޖް
ޚުލާސާ

އެމެރިކާގައި ނެތް ޓެކްނޮލޮޖީ ޗައިނާއަށް ލިބިފައިވާއިރު އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ ޒަމާނީ ހަތިޔާރުތައް ބަރޯސާވެފައި އޮންނަނީ ޗައިނާގެ މަޢުދަންތަކަށް.

ޗައިނާއާއެކު އުފެދިފައިވާ ދެބަސްވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ދަނީ އަސްކަރީ ތައްޔާރީތައް އިތުރުކުރަމުންނެވެ. ނަމަވެސް ޗައިނާ އާއި ނުލައި އެމެރިކާއަކަށް ހަތިޔާރު ވެސް އުފެއްދޭކަށް ނެތެވެ. ސަބަބަކީ އެމެރިކާގެ ދިފާއީ ސިނާއަތް ބަރޯސާވެފައި އޮންނަނީ ޗައިނާއިން އުފައްދާ ކޮމްޕޯނެންޓްތަކަށެވެ.

އެމެރިކާގެ ދިފާޢީ ނިޒާމަށް ބޭނުންވާ މުހިންމު ރޯމެޓީރިއަލް ހޯދަނީ ޗައިނާއިން.

Advertisement

Advertisement 1

އެމެރިކާގެ އެންމެ ގިނައިން ބޭނުންކުރާ ޒަމާނީ ހަތިޔާރުގެ ނިޒާމުތައް ވެސް އުފައްދަނީ ޗައިނާގެ އެހީތެރިކަން ލިބިގެންނެވެ. އެމެރިކާއަކީ ޗައިނާއާއި ނުލައި އެތަކެތި އުފެއްދުމުގެ ޤާބިލްކަމާއި މިނިވަންކަން ލިބިފައިވާ ޤައުމެއް ނޫނެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ފަޔަރ ޖެޓް، މިސައިލް، އަދި ސެޓެލައިޓް ތައް އުފެއްދުމުގައި ވެސް އެމެރިކާ ބަރޯސާވެފައިވަނީ ޗައިނާ އިން އެތެރެކުރާ ނުވަތަ ޕްރޮސެސް ކުރެވޭ ރޯ މެޓީރިއަލްސް އާއި، މައިކްރޯ އިލެކްޓްރޯނިކްސް އަދި އެހެނިހެން މައުދަންތަކުންނެވެ. ޚާއްޞަކޮށް ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޖިއޮޕޮލިޓިކަލް ވާދަވެރިކަން އިތުރުވި ނަމަވެސް، ބެއިޖިންއާއެކު އޮންނަ ސަޕްލައި ޗޭން ގުޅުންތައް އެމެރިކާގެ މުޅި ދިފާޢީ ނިޒާމުތެރެ އޮންނަނީ ވަރަށް ބޮޑަށް ވަށާލެވިފައިވެއެވެ. މިދެންނެވި މަޢުދަން ތަކަކީ އެމެރިކާގެ ބިމުގައި ހުންނަ އެއްޗެއް ނޫނެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ.

އެމެރިކާގެ ޖާސޫސީ މަޢުލޫމާތުތަކަކީ ޗައިނާއަށް ފަސޭހައިން ހޯދައި ނުގަނެވޭނެ އެއްޗެކޭ ވެސް ބުނެވޭކަށް ނެތެވެ. ޗައިނާއަށް ބަރޯސާވުމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް (ޑީއޯޑީ) އާއި ގަވަރމަންޓް އެކައުންޓެބިލިޓީ އޮފީސް (ޖީއޭއޯ) އިން ދާދިފަހުން ކުރި އޮޑިޓެއްގައި ދައްކާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އަށް ބޭނުންވާ މުހިއްމު ހާޑްވެއާގެ ބައިތައް އަދިވެސް އުފެދެނީ ޗައިނާގެ ފެކްޓްރީތަކުންނެވެ. މީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކުގައި ހުންނަ ރެއާ އާރތް މެގްނެޓްތަކުން ފެށިގެން ހަނގުރާމަ މަތީ މަތިންދާބޯޓުތަކުގައި ހުންނަ ޕްރިންޓެޑް ސާކިއުޓް ބޯޑާއި ހަމައަށް މި ހުރިހާ އެއްޗެއް އުފެދިގެން އަންނަނީ ޗައިނާގެ ފެކްޓަރީ ތަކުންނެވެ.

ހައިރާންވާންޖެހޭ ކަމަކީ، ޗައިނާގެ އަސްކަރިއްޔާ ފުޅާވާތީވެ އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވޮޝިންޓަނުން ބިލިއަން ޑޮލަރު އިންވެސްޓް ކުރާކަމެވެ.

ސައެންސްގެ ދުނިޔޭގައި ޗައިނާއަކީ އެންމެ ކުރީގައި އުޅޭ ޤައުމޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ޗައިނާއިން ދާދި ފަހުން ވަނީ އެމެރިކާގެ ޖާސޫސީ މަޢުލޫމާތުތައް އެއްކުރެވޭނެ ޤާބިލްކަން ހުރި މަދިރިއެއްހާ ކުޑަކުޑަ ޑްރޯނެއް ވެސް އުފައްދާފައެވެ.

ޗައިނާއިން އުފައްދައިގެން އުޅޭ ޖާސީސީ މަޢުލޫމާތު އެއްކުރުމުގެ ޤާބިލްކަން ހުރި ކުޑަކުޑަ ޑްރޯން. މީގެ ސައިޒަކީ 0.6 ސެންޓިމީޓަރު. / ފޮޓޯ: ޗައިނާގެ ނެޝަނަލް ޔުނިވާސިޓީ.

ޗައިނާގެ ނެޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީ (އެންޔޫޑީޓީ) އިން އުފައްދާފައިވާ މި ޑްރޯންގެ ދިގުމިނަކީ އެންމެ 0.6 ސެންޓިމީޓަރެވެ. ވަރަށް ވަރުގަދަ ކެމެރާތަކާއި ލެންސުތައް ހަތުކޮށްފައިވާ މި ކުޑަކުޑަ ޑްރޯންގެ ފޮޓޯއާއި ވީޑިއޯ ވަރަށް ސާފުވެފައި އޯޑިއޯ ނެގުމުގެ ގާބިލްކަން ހުރެއެވެ. އެހެންކަމުން މިއީ އެމެރިކާއަށް އޮތް ބިރެއް ކަމަށް އެނަލިސްޓުން ބުނެއެވެ.

ނިއުކްލިއާ ހަތިޔާރުން ބިރު ދައްކަން ޖެހުނަސް މި ދެޤައުމަކީ ވެސް ނިއިކްލިއަރ ދެބާރެވެ. 5،000 އަށް ވުރެ ގިނަ ނިއުކްލިއަރ ވޯހެޑް އެމެރިކާގައި ހުރިއިރު ޗައިނާއިން ދަނީ ނިއުކްލިއާ ބާރުތައް ޒަމާނީކޮށް، ވޯހެޑް ސްޓޮކް އިތުރުކުރަމުންނެވެ.

ދުނިޔޭގެ ގަދަ ބާރަށް ވުމަށް އެމެރިކާއިން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެއީ މިއަދު ބިލާހަކަށް ވެފައިވާ ހުވަފެނެއްކަން މުޅި ދުނިޔެ ދަނެއެވެ. އެކަން މިފަހުން ނިމުނު އީރާނާއެކު ނިމިގެންދިޔަ 12 ދުވަހުގެ ކުރިމަތިލުންތަކުން އެއޮތީ ފެންނާށެވެ.

ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ބެލިޔަސް، ޗައިނާއިން ވަނީ އެމެރިކާގައި ނެތް ޓެކްނޮލޮޖީގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިންނާއި އަސްކަރީ އޭވިއޭޝަން ޓެކްނޮލޮޖީގައި ވެސް ޗައިނާ ކުރިއަރައި، ރަޝިޔާގެ އަސްކަރީ މިންގަނޑުތަކާއި އެއްހަމަކޮށް، ސްޓްރެޓެޖިކް ވައިގެ ބާރު ވަރުގަދަކުރާ ޑަބްލިއުއެސް-10 އަދި ޑަބްލިއުއެސް-20 ފަދަ މަތިންދާބޯޓު އިންޖީނުތައް ވެސް ޗައިނާއިން ތަރައްގީކޮށްފިއެވެ.

މިހާތަނަށް އެމެރިކާއާއި ޗައިނާއާ ދެމެދު ދުވަހަކު ވެސް ސީދާ ހަނގުރާމައެއް ހިނގާފައެއް ނުވެއެވެ. ނުސީދާ ގޮތެއްގައި ކޮރެއާ ހަނގުރާމައިގެ ދުވަސްވަރު (1950-1953) ޗައިނާ އާއި އެމެރިކާ ދެކޮޅު ފަރާތްތަކުން ހަނގުރާމަކުރި ދުވަސްވަރު އަދި ޑިޕްލޮމެޓިކް އަދި އިގްތިސާދީ އެކި މައްސަލަތަކުގައި ދެ ގައުމުގެ މެދުގައި ނުސީދާ ގޮތެއްގައި ކޯޅުންތަކުގެ ދުވަސްވަރުތަކެއް ކުރިމަތިވެފައި ވެއެވެ.

ފާއިތުވި އަހަރުތަކުގައި ވިޔަފާރީގެ ހަނގުރާމަތަކާއި، ޓެކްނޮލޮޖީގެ ވާދަވެރިކަމާއި، ޓައިވާންގެ މައްސަލައާއި، ދެކުނު ޗައިނާ ކަނޑުގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދު ޓެންޝަންތައް ވަނީ އިތުރުވެފައެވެ. ނަމަވެސް ސީދާ ކުރިމަތިލުމަކަށް ދިޔުމަށް ޚުދު އެމެރިކާ ޖެހިލުންވެއެވެ.

ޗައިނާއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

6 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

9 ދުވަސް ކުރިން - 08:59

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23