Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނަޒާޙަތްތެރިކަމާއި ޚިދުމަތްތެރިކަމުގެ މިސާލެއް

ނަޒާޙަތްތެރިކަމާއި ޚިދުމަތްތެރިކަމުގެ މިސާލެއް

ހުސައިން އިސްމާއިލް
716 ދުވަސް ކުރިން - 29 ޖުލައި 2024 21:12
އަޙްމަދު މުޖުތަބާ މަޖުދީ، ބުލްބުލާގެ. ގއ.ދެއްވަދޫ - އެމަނިކުފާނު އަވަހާރަވިތާ މިއަދަށް މިވީ ދެއަހަރު
އަޙްމަދު މުޖުތަބާ މަޖުދީ، ބުލްބުލާގެ. ގއ.ދެއްވަދޫ - އެމަނިކުފާނު އަވަހާރަވިތާ މިއަދަށް މިވީ ދެއަހަރު
ޚުލާސާ

މުޖުތަބާ އަވަހާރަވިތާ މިއަދަށް ދެއަހަރުވީއެވެ. ނަޒާޙަތްތެރިކަމާއި ޚިދުމަތްތެރިކަމުގެ ޝަރަފުވެރިކަން ލިބިވަޑައިގެންފައިވާ އެމަނިކުފާނުގެ ތަރިކަ ދަމަހައްޓަނީ ޕަބްލިކް ޕްރޮކިއުމަންޓަށް ކޮށްދެއްވި މުހިންމު ޚިދުމަތްތަކާއި އެކުވެރިންނާއި ލޯބިވާ މީހުންނަށް ކޮށްދެއްވި ދެމިއޮންނަ އަސަރުތަކުގެ ތެރެއިންނެވެ.

ޖުލައި 29، 2022 ގައި އަޅުގަނޑުމެންނަށް ގެއްލުނީ ފާހަގަކޮށްލެވޭ ފަރުދެކެވެ. ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަޙްމަދު މުޖުތަބާ އެވެ. ކުއްލި ޞިއްޙީ މައްސަލައަކާއި ގުޅިގެން ޢުމުރުފުޅުން 39 އަހަރުގައި އެމަނިކުފާނު ކުއްލިއަކަށް އަވަހާރަވުމަކީ އެތައް ބައެއްގެ ހިތަށް ހުސްކަމެއް ދޫކޮށްލި ކަމެކެވެ. މިއަދަށް އެމަނިކުފާނު އަވަހާރަވިތާ ދެއަހަރު ވީއެވެ. އެމަނިކުފާނުގެ ހަނދާނަށް ޝަރަފުވެރިކަން ދެނީ، ހޭދަކުރެއްވި ޙަޔާތާއި، އެމަނިކުފާނުގެ ޙިއްޞާތަކާއި، ދަންނަ އެންމެންގެ މައްޗަށް އެމަނިކުފާނު ދޫކޮށްލެއްވި ފޮހެވިގެން ނުދާ ނިޝާނާ މެދު ވިސްނާލުމުންނެވެ.

"އެކަޑަމިކް އެންޑް ޕްރޮފެޝަނަލް އެކްސެލެންސްގެ ދިރިއުޅުމެއް"

Advertisement

Advertisement 1

ގއ.ދެއްވަދޫ ބުލްބުލާގޭ އަޙްމަދު މުޖުތަބާގެ ދަތުރަކީ ޢިލްމާއި ސާބިތުކަން ހޯއްދެވުމަށް ކެތްތެރިކަމެއް ނެތި ކުރެއްވި ދަތުރުފުޅެކެވެ. މެލޭޝިޔާގެ މަލްޓިމީޑިއާ ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ޑިގްރީ ޙާޞިލް ކުރެއްވި އިރު، ފަހުން 2012 ވަނަ އަހަރު އޯޕަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާޞިލް ކުރެއްވި އެވެ. މި ތަޢުލީމީ ކާމިޔާބީތަކަކީ އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ކެރިއަރެއް ބިނާކުރެއްވި ބިންގަލެވެ.

"ފަރުމާ ނުކުރެވޭނެ" ފައިނޭންޝަލް އިންޓެގްރިޓީ

2013 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި ގުޅިވަޑައިގަތް މުޖުތަބާގެ ދައުރު 14 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔައިރު، އެ މުއްދަތުގައި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ބަދަލުކޮށް ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. ހާމަކަން ބޮޑުކަމާއި، ވަޒީފާގެ މަސްއޫލިއްޔަތާއި، ޖަވާބުދާރީވުމަށް އެމަނިކުފާނުގެ ޚިދުމަތްތެރިކަމުން ޕަބްލިކް ޕްރޮކިއުމަންޓްގައި އާ ބެންޗްމާކް ތަކެއް ކަނޑައެޅިގެން ދިޔައެވެ. މުޖުތަބާގެ ދައުރުތައް ތަފާތުވެ މުހިންމެވެ. ނޭޝަނަލް ޓެންޑަރ ބޯޑުގެ ސެކްރެޓަރީގެ މަޤާމާއި، ބިޑް ކޮމިޓީގެ ނައިބު ރައީސްގެ މަޤާމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަންގެ މަޤާމާއި، ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވިއެވެ. ބާރުވެރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި ވެސް އެމަނިކުފާނުގެ ތަޖުރިބާގެ އަގު ވަޒަންކޮށް، ޑިރެކްޓަރެއްގެ ގޮތުގައި ކޮންޓްރިބިއުޓް ކުރެއްވި އެވެ.

ހަނދާނީ ފަންގިފިލާ

އެމަނިކުފާނުގެ ޚިދުމަތްތަކަށް އެކަށީގެންވާ ޝުކުރެއްގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ ނޮވެމްބަރު 14، 2023 ގައި އަޙްމަދު މުޖުތަބާގެ ހަނދާނުގައި ޚާއްޞަކޮށްފައިވާއިރު، މި ޚިދުމަތްތެރިކަމަކީ އެމަނިކުފާނުގެ މުޅި ކެރިއަރުގައި ލިބިވަޑައިގެންނެވި އިޙްތިރާމާއި ޝުކުރުގެ ހެކިތަކެކެވެ.

އޯގާތެރިކަމުގެ ތަރިކައެއް

ޕްރޮފެޝަނަލް ކާމިޔާބީތަކުގެ އިތުރުން އަޙްމަދު މުޖުތަބާއަކީ ވަރަށް އޯގާތެރި، އިޙްސާންތެރި ބޭފުޅެކެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މުޖުތަބާއަކީ ޚިދުމަތްތެރި އެކުވެރިއެއްގެ އިތުރުން ލޯބިވާ ރަޙްމަތްތެރިއެކެވެ. މުޖުތަބާގެ ކުއްލި ނިޔާވުމަކީ ގިނަ ބަޔަކަށް ލިބުނު ޝޮކެއް ކަމަށެވެ.

މުޖުތަބާގެ ސިފައާއި އެމަނިކުފާނު ނިޔާވުމުން ދޫކޮށްލާފައިވާ ހުސްކަމުގެ ދިރުމެއް ހުރި ތަސްވީރެއް އޭނާގެ ރައްޓެއްސެއް ކަމަށްވާ އަޝްރަފް ޢަލީ ލިޔުއްވިއެވެ. 

"ލޮބުވެތި މުޖޭ- ކުޑަ ހިނދުކޮޅަކަށް ހިތްތަކަށް އުފާދިން ބުލްބުލެއް

އެކުވެރި މުޖޭ، ގއ. ދެއްވަދޫ ބުލްބުލާގޭ އަޙްމަދު މުޖުތަބާ އަވަހާރަވި ކަމުގެ ކުއްލި ޚަބަރު އަޅުގަނޑަށް ފެނުނީ ހަމަ ކުއްލިޔަކަށެވެ. އާދައިގެމަތިން ފޭސްބުކްގެ ހާލަތުތައް ބަލަން ހުޅުވައިލުމާ އެކުއެވެ. ލިބުނީ ސިހުމެކެވެ. ހިތްދަތިކަމެކެވެ. ބަޔާންކުރަން ދަތި ތަކުލީފެކެވެ. 

މުޖޭއާ އަޅުގަނޑާ ސީދާ ދިމާވީ 2021 ނޮވެންބަރު 19އިން 20އަށް ހުވަދު އަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް، ވިލިނގިލީގައި އޮތް ދެކުނުހުވަދޫ ތަރައްގީގެ މަހާސިންތާއިންނެވެ. މުޖޭ އަޅުގަނޑާ ބައްދަލުކުރެއްވިއެވެ. އަޅުގަނޑާ ބައްދަލުވެ ވާހަކަދައްކަން ބޭނުންފުޅުވެފައި ހުންނަވާތާ އެތައް ދުވަހެއް ވެއްޖެކަމަށާއި އަޅުގަނޑު ހުވަދޫ މީހަކަށް ވީތީ ވަރަށް އުފާފުޅުކުރައްވާ ކަމާއި އަޅުގަނޑު ބަހާއި އަދަބަށް ކުރާ ޚިދުމަތްތަކަށް ތާރީފުކުރައްވައި މި ކަހަލަ ބައިވަރު ވާހަކަ ދެއްކެވިއެވެ. އަތޮޅުގެ ތަރައްގީގެ ތަދުބީރުތައް ކުރެވޭ އިރު އަތޮޅުގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ބަހުރުވައާއި އެއްބައިވަންތަ ހަމަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ވާނެކަމަަށް އަޅުގަނޑު އެރުވި މަޝްވަރާއަށް ވަރަށް ބޮޑަށް އިހުތިރާމުކުރައްވައި އެ ކަމުގެ އަސާސްތައް އެންމެ އަސާސީ ކަންކަމުގެ ތެރޭ ހިމެންވާނެކަމަށް ވެސް ވިދާޅުވިއެވެ. މުޖޭއަކީ މާލީކަންކަމާއި އޭގެ ތަދުބީރުތައް ކުޅައުމާއި އިގުތިސާދީ ތަރައްގީގެ އިސްތިރާތީޖީ ތަދުބީރުތައް ރޭއްވެވުމުގައި ވަރަށް ޤާބިލް ޒުވާނެކެވެ.

މިއަދު އަޅުގަނޑުމެންގެ އަތޮޅާއި މުޅި ގައުމުން އެ ގެއްލުނީ ހުނަރުވެރި ގާބިލް ޒުވާނެކެވެ. ވަރަށް ޅައުމުރުގައެވެ. އެންމެ 39 އަހަރުގައެވެ.

މުޖޭއަކީ ފެންނަ ފެނުމަށް ދުޅަހެޔޮ ހަށިހެޔޮ ޒުވާނެކެވެ. ކަސްރަތާއި ކުޅިވަރުން ހަށިގަނޑަށް ފައިދާ ހޯއްދަވާ ބޭފުޅެއް ވެސްމެއެވެ. ހަމަ އެހެންމެ ފުމެ ބަރާބަރަށް ނަމާދުތައް ކުރައްވާ ހިތްޕުޅުހެޔޮ ހެޔޮލަފާ އިންސާނެއް ވެސް މެއެވެ.

މުޖޭ އޭނާގެ އޮފީސް އެކުވެރިންނާ ސަމާސާ ކުރައްވަމުން ނިކަން ގިނައިން ވިދާޅުވާ ކަމަށް ވެއެވެ.

"ކޮއްކޮމެންނޭ ބޭބެ ވަރަށް ބަލި. މަރުވެދާނެހެން ހީވަނީ ވަރަށް އަވަހަށް. އެކަމަކު ބޭބެ ހަމަ ތައްޔާރު"

މިއީ ބަލަން ތިބީންނަށް ސަމާސާއަކަށް ވާހެން ވިދާޅުވެ އުފާކޮށްދެއްވައި ހިތްތައް ހެއްވައިލައްވަން މުޖޭ ކުރައްވާ ކަމަކަށް ވެދާނެއެވެ. އެހެނަސް އޭނާގެ މެސެޖު ސީރިޔަސްއެވެ. އަސަރު ގަދައެވެ. މާނަފުނެވެ.

ހަޔާތުގެ ކޮންމެ ފަދަ ވަގުތަކު ވެސް އިންސާނާ އޭނާގެ ދަންފަޅި ހަމަކޮށް ދާއިމީ ދުނިޔެއަށް ދާން ޖެހިދާނެ ކަމެވެ. އަބަދުވެސް އެ ކަމަށް ތައްޔާރަށް ހުންނަން ޖެހޭ ކަމެވެ.

މިއަދު އަޅުގަނޑުމެން އެންމެނަށް މި ވަރުގަދަ މިސެޖު ދެއްވައި ތިޔަ ވަޑައިގަތީއެވެ. ހިތްތައް ހެއްވައިފައެވެ. ހިތްތައް ރޮއްވައިފައެވެ. ކުޑަ ހިނދުކޮޅަކަށް ތަސައްލީގެ ރާގުތަކުން ހިތްތައް އުފާކޮށްދިން ބުލްބުލެއް ފަދައިންނެވެ.

މުޖޭ ޒިކުރާ އަބަދުމެ އާވާނެއެވެ. ހުވަދުއަތޮޅަށާއި ގައުމަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުން އޭނާގެ ހަނދާންތައް އާވާނެއެވެ. އޭނާގެ ލޮބުވެތި އުފަން ފަސްގަނޑު، ދެއްވަދޫ އިން އެ ހަނދާންތަކެއް ނުފިލާނެއެވެ. ބުލްބުލާގެއިން އަބަދުމެ އެ ބުލްބުލްގެ އަޑު އިވޭށިއެވެ. މުޅި ދިވެހިރާއްޖެއިން ވެސް އިވޭށިއެވެ. މާލީ ވުޒާރާއިންނާއި އޭނާގެ އެކުވެރިންގެ ހިތްތަކުގެ އަޑިން އޭނާގެ ހަނދާނީ ޒިކުރާތައް އާވެއާލާވާށިއެވެ.

މާތްރަސްކަލާނގެ ހެޔޮ ރަހުމަތާއި ނިއުމަތް މުޖޭއަށް މިންވަރު ކުރައްވާށިއެވެ. މަތިވެރިވެގެންވީ ޖަންނަތުލްފިރުދައުސްގައި ލައްވާށިއެވެ. ލޮބުވެތި ތުއްތު ބޭފުޅުންނާއި އަނބިކަނބަލުންނާއި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން،"

ހިތަށް ތަދުކޮށްލި ވަކިވުން

އަޙްމަދު މުޖުތަބާގެ ކުއްލި ވަކިވުމުން ހަނދާންކޮށްދެނީ ދިރިއުޅުމުގެ ނާޒުކުކަމެވެ. ހިތްދަތި ކަމެވެ. މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އެމަނިކުފާނުގެ ޖަނާޒާގައި ޢާއިލާއާއި ރައްޓެހިންނާއި އެކުވެރިން އަދި ދައުލަތުގެ އިސް ވަޒީރުންނާއި އެކި މަޤާމްތައް ފުރުއްވާ އަޚުންތައް އެއްވެ، އެންމެން ހިތާމައާއި ހަނދާނުގައި އެއްބައިވަންތަވެގެން ދިޔައެވެ. މުޖުތަބާގެ ޙަޔާތަކީ ޚިދުމަތްތެރިކަމާއި، ނަޒާޙަތްތެރިކަމާއި، އޯގާތެރިކަމުގެ މިސާލެކެވެ. ކުއްލިއަކަށް އެ ނަފްސު މިދުނިޔެއިން ފަރުދާ ކުރެއްވިޔަސް، އެމަނިކުފާނު ދަންނަ މީހުންގެ ހިތްތަކުގައި ތާއަބަދުމެ އެ ހަނދާންތަކުގެ ވިންދު ޖަހާނެއެވެ.

މިއަދަކީ އަޙްމަދު މުޖުތަބާ އަވަހާރަވިތާ ދެވަނަ އަހަރީ ދުވަހެވެ. ފެނިގެން ދިޔައީ ރަނގަޅަށް އުޅުއްވި ޙަޔާތެކެވެ. އެއީ ދެމިއޮންނާނެ ތަރިކައެކެވެ. ފިނޭންސް މިނިސްޓްރީއަށާއި ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް އިޙްތިރާމާއި ޝުކުރުވެރިކަމާއެކު ހަނދާން ހުންނާނެއެވެ. މުޖުތަބާގެ ލޮބުވެތި ރަށާއި *ދެއްވަދޫ، އެމަނިކުފާނުގެ އެކުވެރިންނާއި، މުޅި ޤައުމު އަބަދުވެސް ދިރިއުޅެމުން ގެންދާނީ އެހެން މީހުންގެ ޚިދުމަތަށް އެމަނިކުފާނުގެ ޙަޔާތް ޚާއްޞަކުރި މީހެއްގެ ހަނދާންތަކެވެ.

އަޙްމަދު މުޖުތަބާގެ ފާފަ ފުއްސަވައި ޖަންނަތުގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށިއެވެ. އާމީން

*ލިޔުނީ: ޢައިނު ޑަވިޔަނި*

Ad
Ad

ގުޅޭ ޚަބަރުތައް

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%