ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ޑޮލަރު ސަޕޯޓް 3 ގުނަ ބޮޑުކޮށް 30 ޕަސެންޓަށް އިތުރު ކޮށްފި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ކުރިން ބޭންކުން ޓީޓީ ހަދާއިރު ދެނީ 5–10 ޕަސަންޓާއި ދެމެދުގައެވެ. ނަމަވެސް، ބޭރުން މުދާ ގެންނަ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް މިހާރު ވަނީ އެ ޢަދަދު %30 އަށް އިތުރުކޮށްފައެވެ.
ސަރުކާރުން މި ނިންމުން ނިންމީ ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގައި ރާއްޖެ ކަހަލަ އިމްޕޯޓަށް ބަރޯސާ ވެފައިވާ ކުދި ޤައުމުތަކުގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ކުރިމަތިވާނެތީވެ އެފަދަ ކަންކަކަމުން ރާއްޖޭގެ ކުދި ވިޔަފާރިތައް ސަލާމަތް ކުރުމަށް އެހީތެރި ވުމަށެވެ.
ދިވެހިރާއްޖޭގެ ގިނަ އެސްއެމްއީ ކުންފުނިތަކުން ޢަންމުކޮށް މުދާ ގެންނަނީ ޗައިނާ، އިންޑިއާ، އަދި ޑިބާއީ އާއި މެލޭޝިއާ ފަދަ ޤައުމުތަކުންނެވެ. ފައިސާ ދެއްކުމަށް ބަރޯސާވެފައިވަނީ ޓީޓީތަކަށެވެ.
މީގެ ކުރިން ޑޮލަރު ދޫކުރާ މިންވަރު މަދުވުމުން ކުދި ވިޔަފަރިވެރިންނަށް ބޭރުން މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.