Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިންގަޕޫރަކީ ދިވެހިންނަށް ނަމޫނާ ގައުމެއް، މުހިންމު ބައިވެރިއެއް: ރައީސް

ސިންގަޕޫރަކީ ދިވެހިންނަށް ނަމޫނާ ގައުމެއް، މުހިންމު ބައިވެރިއެއް: ރައީސް

އަހްމަދު އީޒާން
390 ދުވަސް ކުރިން - 30 ޖޫން 2025 21:49
ސިންގަޕޫރުގެ ރައީސް ދެއްވި ޖާފަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްވަނީ / ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރުގެ ރައީސް ދެއްވި ޖާފަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިދިޔަ ދިގު މާޒީގައި އެ ގުޅުންތައް އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ސިންގަޕޫރަކީ މުހިންމު ބައިވެރިއެއް ކަމަށް.

ސިންގަޕޫރަކީ ދިވެހިން ތަރައްގީ ތަސައްވުރުކުރުމުގައި ނަމޫނާއަކަށް ބަލައި އަދި މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެކޭ ގައުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިޔާސީ ގުޅުން ގާއިމްކުރުމުގެ މާ ކުރިން ވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށެވެ.

މިދިޔަ ދިގު މާޒީގައި އެ ގުޅުންތައް އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ސިންގަޕޫރަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވަނީ 2004 ވަނަ އަހަރު ކުރިމަތިވީ ސުނާމީ ކާރިސާ އާއި 2014 ވަނަ އަހަރު ކުރިމަވި މާލެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދިން އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. އަދި ހުޅުމާލޭ ޣާޒީ ސްކޫލަކީ ވެސް އެ ގައުމުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ތަނެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ސިންގަޕޫރަކީ ދިވެހިން ތަރައްގީ އާއި ތަމައްދުން ތަސައްވުރުކުރުމުގައި މިސާލު ނަގާ ގައުމެއް ކަމަށާއި އެ ގައުމުން ލިބެން ހުރި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ދިވެހިން ބޭނުންކުރާ ކަމަށާއި އެކަމުގެ ފައިދާ ހޯދައި މިހާރު ގައުމަށް ހިދުމަތްކޮށްދެމުން އަންނަ ޖީލެއް އުފެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މި މުނާސަބު ވަގުތާއި ދިމާކޮށް ރައީސް އެ ގައުމަށް ކުރައްވާ މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުސިންގަޕޫރުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

4 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:04

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

5 ދުވަސް ކުރިން - 13:44