ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފި

އަހްމަދު އީޒާން | 8 ގަޑިއިރު ކުރިން - 30 ޖޫން 2025 14:55
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޕީސީބީން ވަނީ ޑީބީއެމްގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި އިއްޔެ ހަތަރު ބޭފުޅަކު އައްޔަންކޮށްފައި.

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް)ގެ ބޯޑަށް ހަތަރު ބޭފުޅަކު އިއްޔެ އައްޔަންކޮށްފި އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީބީއެމްގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި އިއްޔެ ހަތަރު ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.

އެ ބޭފުޅުންނަކީ;

  1. ހަސަން މިރާސް, މއ. މާފުނަ, މާލެ
  2. އަހްމަދު އަޒްޔާން ހަމީދު, މ. ލަންސިމޫގެ, މާލެ
  3. މައިޝާ އިބްރާހިމް, ތިކުރިދޫ, ދ. ކުޑަހުވަދޫ
  4. އަޒްމީން ރަޝީދު, ޗަބޭލީވިލާ, ގދ. ރަތަފަންދޫ

ޑީބީއެމް އިފްތިތާހުކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%