މުޅި ރާއްޖެއަށް ހުދު ސަމާލު: މިއަދުވެސް އުދައަރާފާނެ

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 29 ޖޫން 2025 16:33
މާލެއަށް އުދަ އަރާފައި. / ފޮޓޯ: ޚުލާސާ
މާލެއަށް އުދަ އަރާފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

އުދަ އަރައިގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި.

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 17:30 އަށެވެ.

މެޓުން ބުނީ މިއަދުވެސް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުދަ އަރައިގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އުޅަނދު ދުއްވާއިރު ބަލައިގެން ދުއްވުމަށާއި އިދަ އަރާ ސަރަހައްދުތަކުގައި ވެލި ބަސްތާތައް ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%