އެފްއޭއެމް ހިންގާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާނާ ފަހީމް | 11 ގަޑިއިރު ކުރިން - 28 ޖޫން 2025 21:07
އެފެއޭއެމް ބިލްޑިންގ
އެފެއޭއެމް ބިލްޑިންގ
ޚުލާސާ

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި. މި އިންތިޚާބު އޮންނާނީ ޖުލައި މަހުގެ 26 ގައި، ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 06.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިންތިޚާބު އޮންނާނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 06 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެފްއޭއެމްގެ އިދާރާއިން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މި އިންތިޚާބުން ހޮވޭ ހިންގާ ކޮމިޓީއަކީ 2025 ޖުލައި މަހުން ފެށިގެން 2029 ޖުލައި މަހުގެ ނިޔަލަށް މަސައްކަތްކުރާ ކޮމިޓީއެކެވެ.

އައު ހިންގާ ކޮމިޓީއަށް ހޮވާނީ އެފްއޭއެމްގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށާއި، ދެވަނަ ނައިބު ރައީސްގެ ދެ މަގާމަށް ދެ ބޭފުޅުންނެވެ. މީގެ އިތުރުން އާންމު 7 މެންބަރުންވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުހިންމު ކަމެއްގެ ގޮތުން ފާހަގަކޮށްލަން ޖެހެނީ، އިސްލާހުކުރެވުނު އަސާސީ ގަވާއިދުގެ ދަށުން މި ހިންގާ ކޮމިޓީއަށް ދެ އަންހެން މެންބަރުން ހޮވަން ޖެހޭނެ ކަމެވެ.

މި އިންތިޚާބުގެ މުހިންމުކަމަކީ، އައު ހިންގާ ކޮމިޓީ އެކުލަވާލުމަށްފަހު މިހާރު އެފްއޭއެމް ހިންގުމާއި ހަވާލުވެފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އުވިގެންދާނެ ކަމެވެ. މި ކޮމިޓީއަކީ އެފްއޭއެމްގެ ކަންކަން ހަމަމަގަކަށް އެޅުވުމަށް އުފެއްދި ވަގުތީ ކޮމިޓީއެކެވެ.

އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ގައުމީ ފޯވާޑް އަދި ފުޓްބޯޅަ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހުންނެވި އަހުމަދު ތޯރިގް (ޓޮމް) އަށް ބައެއް ކުލަބުތަކުން ތާއީދު ކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%