މިއަދު މުޅި ރާއްޖެއަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

އަހްމަދު އީޒާން | 19 ގަޑިއިރު ކުރިން - 28 ޖޫން 2025 13:28
ކުއްލި ޚަބަރު: މުޅި ރާއްޖެއަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި.
ކުއްލި ޚަބަރު: މުޅި ރާއްޖެއަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި.
ޚުލާސާ

މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ރަށްރަށަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މެޓް އޮފީހުން ކުރިން ވެސް ވަނީ ބުނެފައި.

މިއަދު މުޅި ރާއްޖެއަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ދެންމެ ނެރެފި އެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް އެ އެލާޓް ނެރުނީ މިއަދު މެންދުރު ފަހު 1:30 އިން ފަށައިގެން ހަވީރު 5:00 އާ ހަމައަށެވެ.

މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ރަށްރަށަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މެޓް އޮފީހުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު 3:01 ހާއިރު ކަމަށާއި 2.8 ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވާ ކަމަށެވެ.

މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މެންދުރުފަހު 3:43 ގައި 2.6 ފޫޓަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހަވީރު 4:30 ގައި 2.9 ފޫޓަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.

ދިޔަވަރު ބޮޑުވުމުގެ އިތުރުން އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްރަށަށް މިއަދު ވަރަށް ވިއްސާރަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%