Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގައި ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ރާފުޅިއަކުން ހަމަލާދީ ޑޮކްޓަރުގެ ބޯ ފަޅާލައިފި

އިންޑިއާގައި ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ރާފުޅިއަކުން ހަމަލާދީ ޑޮކްޓަރުގެ ބޯ ފަޅާލައިފި

އައިޝަތު އީމާން
392 ދުވަސް ކުރިން - 28 ޖޫން 2025 12:55
އިންޑިއާގެ ޖީ.ޓީ.ބީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ބަޔަކު ޙަމަލާދީ ޒަޚަމް ކޮށްލާފައި. އޭނާގެ ބޮލަށް ތަޅައިލީ ރާފުޅިއެއް.
އިންޑިއާގެ ޖީ.ޓީ.ބީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ބަޔަކު ޙަމަލާދީ ޒަޚަމް ކޮށްލާފައި. އޭނާގެ ބޮލަށް ތަޅައިލީ ރާފުޅިއެއް.
ޚުލާސާ

އިންޑިއާގެ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަޔަކު ރުޅިއައިސް ޑޮކްޓަރުގެ ބޮލަށް ރާފުޅިއެއް ތަޅައިލައި ޒަޚަމް ކޮށްލައިފި. ޑޮކްޓަރުންނަށް ޙަމަލާ ދިނުމަކީ އިންޑިއާގައި ޢާންމު ކަމަކަށް ވެއްޖެ.

އިންޑިއާގެ ދިއްލީގައި ހުންނަ ޖީ.ޓީ.ބީ ހޮސްޕިޓަލްގެ ސީނިއަރ ޑޮކްޓަރެއްގެ ބޮލުގައި ރާފުޅިއަކުން ޖަހައި ހަމަލާ ދީފިއެވެ.

އިންޑިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި ސައިކަލުތަކުގައި ބަޔަކު އައިސް ހޮސްޕިޓަލްގެ ގޭޓް ކައިރިއަށް މަޑުކުރުމަށްފަހު ޑޮކްޓަރަށް ރާފުޅިއަކުން ހަމަލާދީފައިވާ ކަމަށާއި އެމީހުންގެ ތެރެއިން އެކަކީ ފުލުސް އޮފިސަރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެމީހުން އައީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށާއި، ނަމަވެސް ގޭޓުކައިރިން އެވަގުތު ދިމާވި ޑޮކްޓަރުގެ އޮފް ޑިއުޓީގައި އެ ޑޮކްޓަރުގެ ގާތު އޭނާ ބަލައިދިނުމަށް ޑިމާންޑް ކޮށް އެންމެ ފަހުން ހިނގި ދެބަސްވުމެއްގައި ޑޮކްޓަރުގެ ބޮލަށް ރާފުޅި ތަޅައިލައި ޒަޚަމް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިފަދަ ކަންކަމަކީ އިންޑިއާގައި ޢާންމު ކަންކަމެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިއާގައި ޑޮކްޓަރުންނާއި ދެކޮޅަށް އަނިޔާވެރިކަން ވަނީ އިންތިހާއަށް ގިނަވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އާއި އެހެނިހެން ސާވޭތަކުން މިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި %75 އަށް ވުރެ ގިނަ ޑޮކްޓަރުންނަށް ވަޒީފާގެ ވަގުތުތަކުގައި އަނިޔާތަކާއި ކުރިމަތިވެފައި ވެއެވެ.

Advertisement

Advertisement 1

ކެރެލާގައި އެކަނި އެވްރެޖްކޮށް ކޮންމެ މަހަކު ޑޮކްޓަރުންނަށް ހަމަލާ ދީގެން 5 ކޭސް ރިޕޯޓް ކުރެވޭއިރު، 2020 އާއި 2023 އާ ދެމެދު މިފަދަ 200 އަށް ވުރެ ގިނަ ހާދިސާ ހިނގާފައި ވެއެވެ.

ޕަންޖާބުގައި މިދިޔަ އަހަރު ޑޮކްޓަރުންނާއި ނަރުހުންނަށް ހަމަލާދީގެން 50 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައި ވެއެވެ.

އިންޑިއާދުނިޔެމާރާމާރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

19 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

3 ދުވަސް ކުރިން - 13:43

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

14 ދުވަސް ކުރިން - 01:44