Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތް ހަމަޖައްސައިދޭނަން: ހައިދަރު

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތް ހަމަޖައްސައިދޭނަން: ހައިދަރު

އަހްމަދު އީޒާން
347 ދުވަސް ކުރިން - 28 ޖޫން 2025 13:21
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު / ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓަރު
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު / ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓަރު
ޚުލާސާ

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖަސަވާނެ ކަމަށް ޚައިދަރު ވިދާޅުވި.

މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން އެ ގައުމުގެ ސަރުކާރުން ނިންމާފައި ވިޔަސް، ދިވެހި ދަރިވަރުންނަށް އެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ހައިދަރު ވިދާޅުވީ މެލޭޝިއާ ސަރުކާރުން އެ ނިންމުން އިއުލާނުކޮށް ތަންފީޒުކުރުމާއި ދެމެދު ދީފައި ވަނީ ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ކަމަށެވެ. ނަމަވެސް އެކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައި ނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

އެހެންވެ، ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

ނަމަވެސް، އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރާ ގައުމަކަށް ވުމުން އެކަމުގައި އެޅޭނެ ފިޔަވަޅުތަކާ މެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށާއި ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖަސަވާނެ ކަމަށެވެ.

ސަރުކާރުގެ ސްކޮލަޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުން އަދި އަމިއްލަ ގޮތުން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ގާނޫނަށް މިދިޔަ ހަފުތާގައި ގެނައި ބަދަލުގައި ވަނީ މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކުހެއް ނަގަން ނިންމައިފަ އެވެ. އަދި އަންނަ މަހު އެކަކުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ވަނީ ނިންމައިފަ އެވެ.

މެލޭޝިއާހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

1 ދުވަސް ކުރިން - 23:30

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

57 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

70 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

71 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

72 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

72 ދުވަސް ކުރިން - 22:29