ގްރީން ޓެކުހުގެ ގޮތުގައި 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

އަހްމަދު އީޒާން | 48 ދުވަސް ކުރިން - 28 ޖޫން 2025 13:23
ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ  / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޚުލާސާ

މިދިޔަ އަހަރުގެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު، މި އަހަރު ލިބުނު ފައިސާގެ އަދަދު ވަނީ 88 ޕަސެންޓް އިތުރުވެފައި.

ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު މިހާތަނަށް 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މި ހަފުތާގައި އާންމުކުރި "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ 21 ހަފުތާ ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި 976.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. 

އެއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 518.0 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 88 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 ގަ އެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ޓެކުހެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%