ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ހަވީރު 4:30 އަށެވެ.
އެ ސަމާލުގައި މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތުގައި މޫސުން ގޯސްވާނީ އުތުރުގެ އެކި ހިސާބަށެވެ. އެގޮތުން އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުން ގޯސްވުމުވެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.









