Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުޅުމާލޭ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި!

އާނާ ފަހީމް
475 ދުވަސް ކުރިން - 27 ޖޫން 2025 18:28
ރައީސުލްޖުމްހޫރިއްޔާ، އެޗްއެމްއެޗްގެ އިމަޖެންސީ ޚިދުމަތް ފުޅާކުރުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، އެޗްއެމްއެޗްގެ އިމަޖެންސީ ޚިދުމަތް ފުޅާކުރުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޑޮކްޓަރީކަން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއްގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލް އަދި އައްޑޫ ހޮސްޕިޓަލުން އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހު:ުވާލައިފި.

މިހާތަނަށް ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަހިކޮށްދެމުން އައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު، ފުރަތަމަ ފަހަރަށް ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވާލައިފި އެވެ. ސަރުކާރުން މިހާރު ވަނީ މާލޭގެ އިތުރު ހޮސްޕިޓަލަކާއި އަތޮޅުތަކުގައިވެސް އެ ފުރުޞަތު ދެވޭނެ ހޮސްޕިޓަލްތައް ކަނޑައަޅާފައެވެ.

ޑޮކްޓަރުކަން ކިޔަވައިގެން ނިކުންނަ ފަރާތްތައް ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން 1 އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް މިހާތަނަށް އިންޓަރންޝިޕް ހެދުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ. މިކަމުގެ ސަބަބުން، ހަމައެކަނި އެއް ހޮސްޕިޓަލެއްގައި މި ޕްރޮގްރާމް ހިންގުމާއި، ލިބޭ ޖާގަ މަދުކަމުގެ ސަބަބުން އިންޓަރންޝިޕް ފުރިހަމަކުރުމުގައި ދިގު މުއްދަތެއް ހޭދަކުރަން ޖެހުމުގެ ޝަކުވާ ގިނަ ދަރިވަރުންގެ ފަރާތުން އާދެއެވެ.

މިކަމުގައި ހުރި ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ހުޅުމާލޭ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްވެސް މިހާރު ވަނީ ކުރިއަށް ގޮސްފައެވެ.

Advertisement

Advertisement 1

ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ހުޅުވާލާފައިވަނީ 15 ފުރުޞަތެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރެޖުއޭޓުން، ޖޫން 29އިން ފެށިގެން، ޖުލައި 8ގެ 12:00އާ ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

https://www.gazette.gov.mv/iulaan/335723

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ފާޙަގަކުރައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

105 ދުވަސް ކުރިން - 12:53

ހުޅުމާލެ ހޮސްޕިޓަލުގެ އިންޓަރންޝިޕަށް ފުރުސަތު ހުޅުވާލައިފި، އަވަސްކުރޭ، 15 ޖާގަ!

105 ދުވަސް ކުރިން - 12:02

ފިލި ގައިދީއަކީ އަލިފާނުގެ މައްސަލައިގައި ހައްޔަރުގައިވާ މީހެއް

ފިލި ގައިދީއަކީ އަލިފާނުގެ މައްސަލައިގައި ހައްޔަރުގައިވާ މީހެއް

147 ދުވަސް ކުރިން - 22:12

ޕިކަޕެއްގެ ދަށުވެ ދިވެއްސަކު ނިޔާވެއްޖެ

ޕިކަޕެއްގެ ދަށުވެ ދިވެއްސަކު ނިޔާވެއްޖެ

241 ދުވަސް ކުރިން - 12:26

ހުޅުމާލޭ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާޖަރީއެއް ކޮށްފި

ހުޅުމާލޭ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާޖަރީއެއް ކޮށްފި

370 ދުވަސް ކުރިން - 22:12

އާ ޑަޔަލިސިސް ސެންޓަރުން 30 މީހުންނަށް ފަރުވާދެވޭނެ

އާ ޑަޔަލިސިސް ސެންޓަރުން 30 މީހުންނަށް ފަރުވާދެވޭނެ

445 ދުވަސް ކުރިން - 15:16